އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބަހުސްގައި ވެސް ޕީއެންސީ ވަގު ފޯމުތަކުގެ ވާހަކަ

އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބަހުސްގައި ވެސް ޕީއެންސީ ވަގު ފޯމުތަކުގެ ވާހަކަ

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ނަންތަކާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ރިޕޯޓަށް ކުރި ބަހުސްގެ ތެރެއިން ވެސް ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި ވަގު ފޯމުތަކެއް ހުށަހެޅި ވާހަކަ ފެންމަތިކޮށްފި އެވެ.

މި ބަހުސްގެ ތެރެއިން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ވަގު ފޯމުތަކެއް ހުށަހެޅި މައްސަލައިގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާ އެކަމުގެ ތުހުމަތު ރައްދުކުރެއްވީ އިދިކޮޅު އެމްޑީޕީ އަށެވެ.

އެގޮތުން ޕީއެންސީގެ ނަމުގައި ފޯމުތައް ހުށަހެޅީ އެމްޑީޕީން ކަމަށާއި އެ ޕާޓީއަކީ މިފަދަ ކަންކަމުގެ ތާރީހެއް އޮތް ބަޔެއް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. ނަމަވެސް މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް ޕީއެންސީން ވެސް ވަނީ އެއްބަސްވެފަ އެވެ.

މި މައްސަލަ ފަޅައިގެން ދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅައިއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް ފަލާހު މިއަދު މަޖިލީހުގައި ވިދާޅުވީ އެކަން ކުރެއްވީ ފިއްޓޭ އަޑީގައި ހުންނަވައިގެން އެމްޑީޕީން ކަމަށެވެ.

"އެމްޑީޕީއަށް އެނގޭނެ ވަގަށް ކަންކަން ކުރާގޮތް ވަރަށް ރަނގަޅަށް ކުރަން. އެމްޑީޕީ އަކީ އުފެދުމުގަވެސް ވަރަށް ފަރިތަކޮށް ވައްކަންކުރަން ދަސްވެފަ އޮތް ޕާޓީއެއް،" ފަލާހު ވިދާޅުވި އެވެ.

އޭނާއަށް ރައްދު ދެމުން އެމްޑީޕީގެ މެންބަރުން ވަނީ ފިއްޓޭގެ ފޯމު ފުރީ ޕީއެންސީން ކަމަށާއި އެއީ އެމްޑީޕީއަށް އަދި ފިއްޓޭއަށް ވެސް އެނގިގެން ހިނގާފައި އޮތް ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެ ފޯމަކީ ސައްހަ ނޫން ފޯމެއްކަން އީސީން ވަނީ ޔަގީންކޮށްދީފައިވާ ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވި އެވެ.

"މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް މަޖިލީހުގެ މެންބަރުން އަމިއްލަފުޅަށް ޕީއެންސީއަށް ވަދެވަޑައިގެންފާވާ ކަމަށް ދޭހަވާ ގޮތަށް ޕީޖީ ލީޑަރު އެ ވިދާޅުވީ ކަނޑައެޅިގެން ދޮގެއް. މެންބަރު ހުސެއިން ޒިޔާދު އެއްވެސް އެނގުމަކާ ނުލާ އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާ ކަމީ ހަގީގަތެއް،" ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވި އެވެ.

މީގެއިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ވަގު ފޯމުތައް ފުރީ ޕީއެންސީގެ ތެރެއިން ކަމަށް ވިދާޅުވެ ޕީއެންސީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ފޮނުއްވި މެސެޖެއް އަދި އެފަދަ ފޯމުތަކެއް ފުރިތަނެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވި ވާހަކަ ވެސް މިއަދު ފާހަގަކުރައްވައިފަ އެވެ.

"މިހާ ލަދުވެތި ކަމެއް ދިވެހިރާއްޖޭގެ ހަޔާތުގައިވެސް ހިނގިކަމެއް އަޅުގަނޑަކަށް ނޭނގޭ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު އައިޑެންޓިޓީ ފްރޯޑު،" މީކާއިލް ވިދާޅުވި އެވެ.

ވަޓްސްއެޕް މެސެޖާ ގުޅިގެން އަސްމާ ބަހެއް ވިދާޅުވެފައި ނުވި ނަމަވެސް ފޮޓޯތަކަކީ އަސްލުކަން އިހުސާން ވަނީ ނޫސްތަކަށް ކަޝަވަރުކޮށްދީފަ އެވެ. ނަމަވެސް، މީކާއިލް އަށް ރައްދުދެއްވައި ފަލާހު ވިދާޅުވީ މި މެސެޖާއި ފޮޓޯތަކަކީ ވެސް އެމްޑީޕީ "ހަދައިގެން" އުޅޭ އެއްޗެހި ތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox