ފޮޓޯތައް ލީކުވެއްޖެ: ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ބެލުމުގެ ދަށުން

ފޮޓޯތައް ލީކުވެއްޖެ: ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ބެލުމުގެ ދަށުން

ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރީ މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ކަން އެނގޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު ލީކުވެއްޖެ އެވެ.

ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެތަނުގައި އިންނެވި އެވެ.

ޕީއެންސީގެ މެންބަރަކަށް ވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފޯމުތަކުގެ އިތުރުން، އެ ފޯމުތަކަށް ބޭނުންވާ އާންމުންގެ ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް އެ ފޮޓޯތަކުން ބުނެ އެވެ. މީގެ ކުރިން ހޯމް މިނިސްޓްރީ ތެރޭގައި މި މަސައްކަތް ކުރާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އިހުސާން ވިދާޅުވީ މިއީ މިނިސްޓްރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ވެލާނާގެ އިމާރާތް ނަމަވެސް ހޯމް މިނިސްޓްރީގެ ފްލޯ ނޫން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ދުވަހަކު އަޅުގަނޑު އެތަނަށް ދިޔައިން. އެއީ އޮފީހުގެ ރަސްމީ ގަޑިއަކުވެސް ނޫން،" އިހުސާން ވިދާޅުވި އެވެ.

ފޯމު ފުރުމުގައި ޑީއެންއާރްއިން އާންމުންގެ މައުލޫމާތު ނަގާފައިވާނެތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ޑީއެންއާރްއިން މިހާރު މައުލޫމާތު ނުނެގޭނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ ޑޭޓާބޭސް ކުރިން ލީކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބޭނުން ކުރީ ޑީއެންއާރް ޑޭޓާބޭސްގެ މައުލޫމާތުކަން އިހުސާން ދޮގެއް ނުކުރެ އެވެ.

މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިކަމަށް ޕީއެންސީއިން ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ.

މިއީ މި މައްސަލަ ފެންމަތިވި ފަހުން ޕީއެންސީން މިކަމާ ގުޅޭ ގޮތުން ރަސްމީ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމުތަކެއް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ޕީއެންސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"މެމްބާޝިޕް ޑްރައިވްގައި ޕާޓީއަށް ހުށަހެޅުނު އެތައް ހާސް ފޯމެއް މި ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން މި ޕާޓީއަށް މިހާރު ވަނީ ފާހަގަ ކުރެވިފައި،" އެ ބަޔާނުގައިވެ އެވެ.

މި މައްސަލަ ފަޅައިގެން ދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅައިއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވަނީ ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް ވެއްދި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރި އެއް ތަނަކީ ޕީއެންސީގެ ހަރުގެ ކަމަށް ވެސް އެ ޕީއެންސީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox