ސެނެހިޔާ ހޮސްޕިޓަލް ކައިރިން ދިވެހި ފިރިހެނަކު ޒަހަމްތަކަކާ އެކު އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ސެނެހިޔާ ސަރަހައްދުން ޒަހަމްތަކާ އެކު ދިވެހި ފިރިހެނަކު ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ ސެނެހިޔާ ބިއްދޮށް މަގު ކޯޑަންކޮށް ބަންދުކޮށްފަ އެވެ.
މާލޭގައި ފަހަކަށް އައިސް ކުއްލި މަރުތަކުގެ އިތުރުން ގޮތް ނޭގޭ މަރުތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮއް މީހަކު ފެނުނެވެ. އޭނާ މަރުވި ގޮތް ނޭގޭ ކަމަށާއި ޝައްކު އުފެދޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.













