ޕީއެންސީއިން ވަގު ފޯމު ފުރާ މައްސަލަ: ޑީއެންއާރުގެ މައުލޫމާތު ލީކުވެފައިވާ ކަމަށް ބުނެ އިހުސާނާ ސުވާލު ކުރަން އެދެފި

Jan 14, 2025, 4:30 PM
މީކާއީލް ނަސީމް: ވިދާޅުވީ ޑީއެންއާރުގެ މައުލޫމާތު ޕީއެންސީން ބޭނުން ކުރަމުންދާ ކަމަށް -- ފޮޓޯ: މަޖިލިސް

މީކާއީލް ނަސީމް: ވިދާޅުވީ ޑީއެންއާރުގެ މައުލޫމާތު ޕީއެންސީން ބޭނުން ކުރަމުންދާ ކަމަށް -- ފޮޓޯ: މަޖިލިސް

އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި، ސޮއި ފޯޖު ކުރުމަށްފަހު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަގަށް މީހުން ވައްދާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރަން މެންބަރު މީކާއީލް ނަސީމް ހުށަހަޅުއްވައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ހުށަހެޅި ވަޒީރުންނާ ސުވާލު ކުރުމާ ބެހޭ ނޯޓިސްގައި ބުނެފައި ވަނީ ޕީއެންސީއަށް މީހުން ވައްދަން ފޯމު ފުރާފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަންގެ މައުލޫމާތު ބޭނުންކޮށްގެން ހާމަވެފައިވާ ކަމަށެވެ.

މީކާއީލް ކުރަން ބޭނުންވާ ސުވާލުގެ ގޮތުގައި ނޯޓިސްގައި ލިޔެފައި ވަނީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރަން އިތުރަށް އަޅަން ގަސްތުކުރާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އަދި ވަގު ފޯމުތަކުގައި ހޯމް މިނިސްޓްރީގެ ބައެއް އިސް ވެރިން ސޮއިކޮށްފައިވާތީ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާފައިވޭތޯ ސުވާލު ކުރަން ވެސް މީކާއިން އެދިފައިވެ އެވެ.

ވަގު ފޯމު ފުރައިގެން އާންމުން ޕީއެންސީއަށް ވައްދާ މައްސަލައިގައި ވަރަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވީ ވަގު ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. އަދި ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރީ ޕީއެންސީގެ ޖަގަހައިގައި ކަމަށް ވެސް އެ ޕާޓީގެ މެންބަރުން ބުނެފައިވެ އެވެ.

ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް މީހުން ވެއްދި ކަމަށް ޕީއެންސީން މިއަދު ވަނީ އެއްބަސްވެފަ އެވެ.

"މެމްބާޝިޕް ޑްރައިވްގައި ޕާޓީއަށް ހުށަހެޅުނު އެތައް ހާސް ފޯމެއް މި ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން މި ޕާޓީއަށް މިހާރު ވަނީ ފާހަގަ ކުރެވިފައި،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ.

އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ ނ. ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox