ޕީއެންސީގެ އިސް ބައެއް ބޭފުޅުން ލަފާ ކުރާ ގޮތުގައި ވަގު ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މެމްބާޝިޕް ފޯމުތަކުގެ ތެރެއިން އެތައް ހާސް ފޯމަކީ ވަގު ފޯމަށް ވާނެ ކަމަށް އެ ޕާޓީގެ އިސް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ސެނެޓު އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރަން ނިމިގެން ދިޔަ އަހަރު ހިންގި ހަރަކާތުގައި ގާތްގަނޑަކަށް 80،000 މެންބަރުން ހަމަވާ ވަރަށް ފޯމު ލިބިފައި ވާއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފޯމަކީ ވަގު ފޯމު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކާ ގޮތުން ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މެންބަރުންނެވެ.

"ފޯމް ފުރަން އުޅުނު އެކްޓިވިސްޓަކު އަޅުގަނޑު ގާތު ބުނި، އޭނާ އެކަނި ވެސް 300 އަށް ވުރެ ގިނަ ފޯމުގއި އިނގިލީގެ ނިޝާން ޖެހި ކަމަށް. މިފަދަ އެތައް ބަޔަކު އެބަ ތިބި. މި ކަންބޮޑުވުން އެކި ލެވެލްތަކުގައި ހިއްސާ ވެސް ކުރި،" ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ޕީއެންސީގެ ބައެއް ޓީމުތަކުން 24 ގަޑިއިރުގެ ތެރޭގައި 3،000 ފޯމު ހަމަކޮށްފައިވާ ކަމަށާއި، އެއީ ސައްހަ ގޮތުގައި ވާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ލަދުވެތި ކަމެއް އެނގޭތޯ. ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އަޅުގަނޑުމެން ތިބި މިފަދަ ކަމެއް ކުރީމަ ޕާޓީން ވެސް ޖެހޭ ހުރިހާ ފޯމެއް އަލުން ބަލަން. އެކަން ރަނގަޅަށް ބަލައިފިއްޔާ ހުށަހެޅި ގިނަ ފޯމު ސައްހައެއް ނުވާނެކަން ކަށަވަރު،" އެ މެންބަރު ވިދާޅުވި އެވެ.

ވަގު ފޯމުތައް ފުރުން ކުރިޔަށް ގެންދިޔަ އެއް ތަނަކީ ޕީއެންސީ ޖަގަހަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވި ވާހަކަ އަކީ ތެދެއް ކަމަށް، އަދަދު ނޫހާ ވާހަކަ ދެއްކި މަޖިލީހުގެ މެންބަރު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެންބަރުން އިތުރު ކުރަން ޖެހޭނީ މިގޮތަކަށް ނޫން. މިކަން ޕާޓީގެ ރައީސް، ޗެއާޕާސަން ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރަން. ފުލުހުން ވެސް މިކަން ބަލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ސެނެޓު މެންބަރަކު ވިދާޅުވީ ޕީއެންސީގެ ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ބައެއް މީހުންގެ ވެސް ސައްހަ ނޫން ސޮޔާއި އެހެން މީހުންގެ އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ.

"ޕީޕީއެމް އުވައިލީ ވެސް ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ކުރި މަސައްކަތުން އެކަށީގެންވާ އަދަދަކަށް އިތުރު ނުވެގެން. ޕީޕީއެމްގައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް ނޭނގި ޕީއެންސީ އަށް ބަދަލުކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ.

އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ ނ. ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.

ޕީއެންސީއަށް ވަގު ފޯމު ފުރަމުން ފުރަމުން ގޮސް، ހދ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް އެ ޕާޓީއަށް ވައްދާފައި އޮތް މައްސަލަ އިއްޔެ ފަޅައިއެރި އެވެ. އެ މައްސަލަ ހޫނުވުމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވަގު ފޯމުގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox