ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބެއް ނޭނގޭ: ފުލުހުން

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނުން: ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވި ގޮތެއް ނޭގޭ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނުން: ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވި ގޮތެއް ނޭގޭ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވާ މިދިޔަ ހޮނިހިރު ދުވަހު ފެނުނު މީހާ މަރުވި ސަބަބެއް އަދި ނޭނގޭކަމަށް ފުލުހުން ބުނެފި އެވެ.

ގެސްޓްހައުސް ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59 އެވެ. އޭނާ ވަނީ އިއްޔެ މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލާފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ މަރުގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި މަރުވި ގޮތް ވެސް ނޭގޭ ކަމަށެވެ.

"ކޯޒް އޮފް ޑެތު އަދި ނޭނގެ. ތަހުގީގުން މިހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ފާހާނާގައި ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މާލޭގައި އެކި ތަންތަނުގައި މަރުވެފައި ތިއްބާ ފެންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިގޮތުން މި އަހަރު ތެރޭގައި ވެސް ހިނގި އެފަދަ މަރުތަކެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ ކުރިންވެސް މަރުވެފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ޖެނުއަރީ 7، ގައި ގެންދިޔަ މީހެއްގެ ޕޯސްމޯޓަމް ހެދުމަށް ވެސް ނިންމި އެވެ. ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox