ފުވައްމުލަކު މަސްތުވާތަކެތީގެ ނެޓްވޯކުގެ ދެ ބޮޑުން ސަލާމަތްވެއްޖެ

ފުވައްމުލަކު މަސްތުވާތަކެތީގެ ނެޓްވޯކުގެ ދެ ބޮޑުން ކަމަށް ފުލުހުން ބުނާ ދެ މީހުން: އެ ދެ މީހުން ހައި ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ؛ ފުލުހުން

ފުވައްމުލަކު މަސްތުވާތަކެތީގެ ނެޓްވޯކުގެ ދެ ބޮޑުން ކަމަށް ފުލުހުން ބުނާ ދެ މީހުން: އެ ދެ މީހުން ހައި ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ؛ ފުލުހުން

ފުވައްމުލައް ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދު އަމުރު ހައި ކޯޓުން މިއަދު ބާތިލު ކުރުމުން، ސަލާމަތްވެއްޖެ އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުގެ ބޮޑުން ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ޑިސެމްބަރު 9، ގައި ހައްޔަރުކުރީ ޏ. ފުވައްމުލައް، ދޫނޑިގަން، ކަރަންކާ ވިލާ، އަހްމަދު ނިއުޝާދު، 34 އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29 އެވެ.

ހައި ކޯޓުގައި ކުރިއަށް ދިޔަ އެ ދެ މީހުންގެ އިސްތިއުނާފުގެ އަޑުއެހުމުގައި ނެރެފައިވާ އަމުރުތައް ބާތިލު ކުރަން ނިންމެވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުސެއިން މަޖީދު ހިމެނިވަޑައިގަންނަވާ ބެންޗުގެ އިއްތިފާގުންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބުނީ އެ ދެ މީހުން ބަންދު ކުރަން ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކޮށް، އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދަށު ކޯޓުން އަމުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ތަހުގީގަށް ހޯދުނު ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި ހަސަން އާޒިމްގެ ބޭންކް އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައާ ގުޅިގެން 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ޖެނުއަރީ 14، ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލު ކުރުމުގެ އިތުރުން 58 މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 58 މީހުންގެ މައްޗަށް ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox