ރާއްޖޭގައި މަރުވި ނޭޕާލް އަންހެން މީހާގެ ހަށިގަނޑު 29 ދުވަސް ފަހުން ގައުމަށް ފޮނުވައިފި

މަރުވި ނޭޕާލް އަންހެން މީހާ: އޭނާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި 29 ދުވަސް ބޭއްވި -- ފޮޓޯ: ޓިކްޓޮކް

މަރުވި ނޭޕާލް އަންހެން މީހާ: އޭނާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި 29 ދުވަސް ބޭއްވި -- ފޮޓޯ: ޓިކްޓޮކް

ރާއްޖޭގައި މަރުވި ނޭޕާލްއަށް ނިސްބަތްވާ ކަންޗަން ޑަންގަލް، 25، ގެ ހަށިގަނޑާ ހަވާލުވާނެ ބަޔަކު ނެތި 29 ދުވަސް ގަލޮޅު މޯޗަރީގައި ބޭއްވުމަށްފަހު ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ ކަންޗަންގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވީ ޖެނުއަރީ 7، ގަ އެވެ. އޭނާގެ ހަށިގަނޑާ ސްޕޮންސަރުގެ ފަރާތުން ހަވާލުވެފައި ނުވާތީ، އަނބުރާ ގައުމަށް ފޮނުވީ ނޭޕާލް އެމްބަސީއާ މަޝްވަރާތައް ކުރުމަށްފަހު އެވެ.

މިދިޔަ ޑިސެމްބަރު 9، ގެ ހެނދުނު ކަންޗަން އައިޖީއެމްއެޗް ހޮސްޕިޓަލުގެ އީއާރަށް ގެންދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި މަގުމަތީ ހަބަރު ހުސްވި ކަމަށް ފުލުހުން ބުންޏެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ކަންޗަން މަރުވިއިރު އިނީ ބަލިވެ އެވެ. މަރުވުމުގެ ކުރީ ދުވަހު ވެސް އޭނާގެ ޓިކްޓޮކް އެކައުންޓަށް ފޮޓޯއެއް ލާފައިވެ އެވެ.

ފުލުހުން ބުނީ މެޑިކޯ ލީގަލް ރިޕޯޓުން ކަންޗަން މަރުވި ސަބަބު އެނގިފައި ނުވާއިރު، އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ކުއްލި މަރުގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެ މަރުގައި ޝައްކު އުފެދޭ ކަންކަން ހުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox