ވިއްސާރައިގެ ގަދައިގައި ވ. އަތޮޅު ޖަވާހިރުގެ ގޮތުގައި ފާހަގަ ކުރެވޭ ޝިޕްރެކް ހަލާކުވެއްޖެ

ވިއްސާރައިގެ ގަދައިގައި ވ. އަތޮޅު ޖަވާހިރުގެ ގޮތުގައި ފާހަގަ ކުރެވޭ ޝިޕްރެކް ހަލާކުވެއްޖެ

ރާއްޖެއަށް މިފަހުން ކުރި ވިއްސާރައިގެ ގަދައިގައި ޖެހި ވ. އަތޮޅު ޖަވާހިރެއްގެ ގޮތުގައި ފާހަގަކުރެވޭ ޝިޕްރެކް މުޅީންހެން ހަލާކުވެއްޖެ އެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު މުފީދު "އަދަދު" ނޫހަށް ވިދާޅުވީ މިފަހުން ކުރި ވިއްސާރައިގައި ބޯޓު ހަލާކުވީ ގިނަ ދުވަސްވެ ފީވެފައި އޮތުމުން ކަމަށެވެ. މިހާރު އެ ބޯޓުގެ ބައިތައް އެއްކޮށް ފީވެ، ބޯޓާ ވަކިވެގެން އޮޔާދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝިޕްރެކް އެއްކޮށް ހަލާކުވެގެން އޭގެ ބައިތައް އޮޔާ ދަނީ، މިއޮއް ހުރިހާ ދުވަހު އޭތި ކޮޅަށް އެ ހުރީ އަސްލު އޭގެ ކުރީ ކޮޅުގައި ވައި ހެދިފައި ހުރުމާއި އޭގައި ހުރި ފޯމުގެ ބާރުގައި، އެކަމަކު އެއީ ލަކުޑި ބޯޓެއް ވީމާ އޭގެ ވެސް އިންނާނެތާ ދުވަހެއް،" ޝިފާގު ވިދާޅުވި އެވެ.

Advertisement

ވ. އަތޮޅުގައި އޮންނަ ޝިޕްރެކަކީ މުޅި ރާއްޖޭގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ދުވާލެއްގެ މައްޗަށް އެ ޝިޕްރެކަށް 200 އެއްހައި މީހުން ޒިޔާރަތް ކުރާ ކަމަށް ޝިފާގު ވިދާޅުވި އެވެ. އެ ޝިޕްރެކު އޮންނަނީ ވ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގަ އެވެ.

"ވަރަށް ބޮޑު ގެއްލުމެއް އެއީ އަސްލު، މި އަތޮޅުގެ އިތުރުން މާލެ އަތޮޅުގެ ގިނަ ރިސޯޓުތަކުން ވެސް ދަތުރު އަޅާ ތަނެއް އެއީ، ޝިޔާމުގެ ރިސޯޓުތަކާއި އަލިމަތާ ރިސޯޓާއި އަނަންތަރާ އޮޅުވެލިފުށި ކަހަލަ އެތައް ބައިވަރު ރިސޯޓަކުން ގެސްޓުން ގޮވައިގެން ދަތުރު އަޅާ ތަނެއް އެއީ،" ޝިފާގު ވިދާޅުވި އެވެ.

ވ. އަތޮޅުގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓަކީ މީގެ 10 ވަރަކަށް އަހަރު ކުރީން ރާއްޖެއިން ބޭރުން އޮޔާ އައި ބޯޓެކެވެ. އޮޔާ ގޮސް އެ ބޯޓު ވ. އަތޮޅަށް ވަނުމުން ފުރަތަމަ އެ ބޯޓު ކަފުޖަހައިގެން ގެންދަން މަސައްކަތް ކުރީ އެ އަތޮޅު ތިނަދޫ ބައެކެވެ. ނަމަވެސް އެންމެ ދޯންޏެއްގައި އެމީހުންނަށް އެ ބޯޓު ކަފު ޖަހައިގެން ގެންދެވޭ ގޮތެއް ނުވި އެވެ.

އެއަށްފަހު އެ ބޯޓުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެ ބޯޓު ކައިރިއަށް ފީނައި އޭގައި ހަތިޔާރު ހުރިތޯ ބެލުމުގެ މަސައްކަތްތަކެއް ވެސް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ހަތިޔާރެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ ބޯޓަކީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ ބޯޓެކެވެ.

އެ ބޯޓު މިހާރު އޮންނަ ސަރަހައްދުގައި މަޑުޖެހުނީ ވ. ކެޔޮދޫ ބަޔަކު އެ ބޯޓު ކަފު ޖަހައިގެން އެ ރަށް ކައިރިއަށް ގެންގޮސްފައި އޮއްވައި އޮޔާ ގެންގޮހެވެ. ވ. ޝިޕްރެކުގެ ގޮތުގައި އެތަން މުޅި ރާއްޖެއަށް މަޝްހޫރުވީ މީގެ އަހަރުތަކެއް ކުރިން ޓީވީއެމުން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ތެރެއިން ދެއްކި އެލައިޑް އިންޝުއަރެންސްގެ އިޝްތިހާރެއްގެ ސަބަބުންނެވެ.

"ކުރިން ވެސް އެތަނަށް މި އަތޮޅު މީހުން ޑައިވްކޮށް ހަދާ، އެކަމަކު އެތަން ބޮޑަށް މަޝްހޫރުވީ އެލައިޑުން ދެއްކި އިޝްތިހާރަށްފަހު، ދެން އެތަން އަސްލު އަގުބޮޑު ތަނަކަށް ހެދީ މި އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ މީހުން،" ޝިފާގު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox