ނިމުނު އަހަރުގެ ބަޖެޓު ޑެފިސިޓު 15 ބިލިއަނާ ގާތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވަނީ: މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށް ފިނޭންސުން އަންދާޒާކުރޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވަނީ: މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށް ފިނޭންސުން އަންދާޒާކުރޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކުން ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވީ ނަމަވެސް ހަރަދުތައް ކުޑަކުރަން އެއްވެސް ފިޔަވަޅެއް ނާޅައި އޮތުމުން ނިމުނު އަހަރުގެ ބަޖެޓު ޑެފިސިޓު 15 ބިލިއަން ރުފިޔާއާ ގާތްކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި, މިދިޔަ މަހުގެ 26, އާ ހަމައަށް ބަޖެޓު ޑެފިސިޓު ހުރީ 14.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ކުރީގެ ހުރިހާ އަހަރެއްގެ އަދަދުތަކާ އަޅާ ބެލި ކަމުގައި ވިޔަސް ރެކޯޑު އަދަދެއްގެ ޑެފިސިޓެކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކާ ހަމައަށް އަހަރު ނުނިމޭތީ އާއި އެޖަސްޓްމަންޓުތައް ގެންނަން ޖެހޭތީ ބަޖެޓުގަ އަސްލު (އެކްޗުއަލް) ހަރަދުތަކަށް ބަދަލު އަންނާނެ އެވެ. އެހެންކަމުން ބަޖެޓު ޑެފިސިޓު މިއަށް ވުރެ ވެސް ބޮޑުވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރަނީ ސަޕްލިމެންޓަރީ ބަޖެޓާއެކީ މި އަހަރުގެ ޑެފިސިޓު 18.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

އެކި އަހަރުތަކުގައި ބަޖެޓު ޑެފިސިޓު (2024 ފިޔަވައި އެކްޗުއަލް އަދަދުތައް)

  • 2017 - 2.7 ބިލިއަން ރުފިޔާ
  • 2018 - 3.8 ބިލިއަން ރުފިޔާ
  • 2019 - 5.7 ބިލިއަން ރުފިޔާ
  • 2020 - 13.5 ބިލިއަން ރުފިޔާ
  • 2021 - 11.4 ބިލިއަން ރުފިޔާ
  • 2022 - 11.3 ބިލިއަން ރުފިޔާ
  • 2023 - 13.5 ބިލިއަން ރުފިޔާ
  • 2024 - 14.8 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ރިކަރަންޓު ހަރަދު 33.9 ބިލިއަން ރުފިޔާގައި ހުރިއިރު, ކެޕިޓަލް ހަރަދުތައް ހުރީ 14.6 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓު ހަރަދުތަކުގެ ބޮޑު ބައެއް ހިންގީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ބޮޑު ބަޔެއް ހިނގީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.

ހަރަދުކުރަން ޖެހުނު އިތުރު ކަންކަމުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ދަރަނީގެ އިންޓްރެސްޓު އަދާކުރުމަށާއި ފައިނޭންސް ކުރަން 4.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ބަޖެޓުގައި ބާކީ ހުރީ 4.2 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 25.5 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 658 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox