ހުލާސާކޮށް އިއްޔެ: ބޮޑު ވައްކަމެއް، ތަހުގީގު ކޮށްކޮށް ތިއްބާ މީހުން ރިޓަޔާ ކުރަނީ

Jan 7, 2025, 1:21 AM
ހުލާސާކޮށް އިއްޔެ: ބޮޑު ވައްކަމެއް، ތަހުގީގު ކޮށްކޮށް ތިއްބާ މީހުން ރިޓަޔާ ކުރަނީ

ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓުތަކުގައި ދައުރުކުރި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާގޮތުގައި އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިންނެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

ތުހުމަތު ކުރެވޭ 20 އޮފިސަރުންގެ ތެރެއިން ހަތަރު މީހެއްގެ ފޯނުތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ވެސް ކޮށްފަ އެެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

އިތުބާރު ހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތުހުމަތު ކުރެވޭ އޮފިސަރުންގެ ތެރެއިން އެކަކު މިހާރު ހުރީ ރިޓަޔާ ވެސް ކޮށްފަ އެވެ. އެއީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި ތުހުމަތު ކުރެވޭ އިތުރު އޮފިސަރުން މިހާރު ރިޓަޔާ ކުރުމުގެ މަރުހަލާގައި ތިބި ކަމަށް ވެސް މި ނޫހަށް އެނގިފައި ވެ އެވެ.

ކަސްޓަމްސް އޮފިސަރުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ކަސްޓަމްސްގެ އޮފިސަރުންގެ ބައިވެރިވުމާއެކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބައެއް ތަކެތި އެތެރެކޮށް ހަދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. އެފަދަ ބައެއް މައްސަލަތައް ފެންމަތިވެ، ކަސްޓަމްސްގެ އޮފިސަރުންނާ މެދު މީގެ ކުރިން ފިޔަވަޅު އަޅާފައި ވެސްވެ އެެވެ.

އެގޮތުން މިދިޔަ އޮކްޓޫބަރު މަސް ތެރޭ ގަވާއިދާ ހިލާފަށް ރާއްޖެއަށް މުދާ އެތެރެކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ކަސްޓަމްސްގެ 20 އޮފިސަރުންގެ މައްސަލަ ފުލުހުން ބަލަމުންދާއިރު، މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. މި މައްސަލަ އިއްޔެ އަދަދު ނޫހުން ފަޅައިލުމުން، ފުލުހުން މީޑިއާއަށް ބުނީ މިދިޔަ އަހަރުގެ އޯގަސްޓު 19 ގައި މި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އިތުރު މައުލޫމާތެއް ނުދެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox