ގުލާގެ ގޯލުތަކާ އެކު ރެއާލް ކޮޕަ ޑެލް ރޭގައި ކުރިއަށް

Jan 6, 2025, 8:58 PM
ގުލާގެ ގޯލުތަކާ އެކު ރެއާލް ކޮޕަ ޑެލް ރޭގައި ކުރިއަށް

މެޑްރިޑް (ޖެނުއަރީ 7) - އާޑާ ގުލާގެ ދެ ގޯލާ އެކު، 5-0 އިން ހަތަރު ވަނަ ޑިވިޝަނުގެ ޑިޕޯޓިވާ މިނޭރާ ބަލިކުރުމަށް ފަހު، ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ރެއާލުން މި މެޗުގައި ކުޅުނީ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ނުލަ އެވެ. އެ ގޮތުން ޖޫޑް ބެލިންހަމް އަށް ވަނީ އަރާމުކުރަން ފުރުސަތު ދީފަ އެވެ. ބެލިންހަމް އަކީ ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ފަހު ވަގުތު އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.

ހަތަރު ވަނަ ޑިވިޝަނުގެ މިނޭރާއާ ދެކޮޅަށް ކުޅުުނު މެޗުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އެ ޓީމުން މެޗުތަކުގައި ފުރުސަތު ނުލިބި ތިބި ގިނަ ކުޅުންތެރިން ބޭނުންކޮށްފަ އެެވެ. އޭގެ ތެރެއިން މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފީ ގުލާ އެެވެ. މިއީ މި ސީޒަނުގައި އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ.

ތުރުކީގެ ތަރި ގުލާގެ އިތުރުުން، ރެއާލްގެ ލަނޑުތައް ޖެހީ ފެޑެރީކޯ ވަލްވޭޑޭ އާއި އެޑުއާޑޯ ކަމަވިންގާ އަދި ލޫކަ މޮޑްރިޗް އެވެ.

ވިހި ފަހަރު ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2023 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ރެއާލް މި މުބާރާތުން ކެޓީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ. އެއީ މި މުބާރާތުގެ ގަދަ 16 ބުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox