ކަސްޓަމްސް އޮފިސަރުންތަކަކަށް ހިޔާނާތުގެ ތުހުމަތު، 20 އޮފިސަރުންގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރު ކޮށްފައިވޭ!

ކަސްޓަމްސްގެ އޮފިސަރުންގެ ބައިވެރިވުމާއެކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބައެއް ތަކެތި އެތެރެކޮށް ހަދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވޭ -- އާޓްވޯކް: އިސްމާއިލް އިމްދާދު

ކަސްޓަމްސްގެ އޮފިސަރުންގެ ބައިވެރިވުމާއެކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބައެއް ތަކެތި އެތެރެކޮށް ހަދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވޭ -- އާޓްވޯކް: އިސްމާއިލް އިމްދާދު

ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓުތަކުގައި ދައުރުކުރި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާގޮތުގައި އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިންނެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

ތުހުމަތު ކުރެވޭ 20 އޮފިސަރުންގެ ތެރެއިން ހަތަރު މީހެއްގެ ފޯނުތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ވެސް ކޮށްފަ އެެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

Advertisement

އިތުބާރު ހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތުހުމަތު ކުރެވޭ އޮފިސަރުންގެ ތެރެއިން އެކަކު މިހާރު ހުރީ ރިޓަޔާ ވެސް ކޮށްފަ އެވެ. އެއީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި ތުހުމަތު ކުރެވޭ އިތުރު އޮފިސަރުން މިހާރު ރިޓަޔާ ކުރުމުގެ މަރުހަލާގައި ތިބި ކަމަށް ވެސް މި ނޫހަށް އެނގިފައި ވެ އެވެ.

ކަސްޓަމްސް އޮފިސަރުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ކަސްޓަމްސްގެ އޮފިސަރުންގެ ބައިވެރިވުމާއެކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބައެއް ތަކެތި އެތެރެކޮށް ހަދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. އެފަދަ ބައެއް މައްސަލަތައް ފެންމަތިވެ، ކަސްޓަމްސްގެ އޮފިސަރުންނާ މެދު މީގެ ކުރިން ފިޔަވަޅު އަޅާފައި ވެސްވެ އެެވެ.

އެގޮތުން މިދިޔަ އޮކްޓޫބަރު މަސް ތެރޭ ގަވާއިދާ ހިލާފަށް ރާއްޖެއަށް މުދާ އެތެރެކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox