ގެމަނަފުށި ސްކޫލު ޕްރިންސިޕަލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ވަކިކުރަން 100 ބެލެނިވެރިންގެ ޕެޓިޝަނެއް

ގއ. ގެމަނަފުށި ސްކޫލު ޕްރިންސިޕަލް އަހްމަދު ހަބީބު: އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރަން ސްކޫލުގެ 100 ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަނަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: ކިޔުންތެރިއެއް

ގއ. ގެމަނަފުށި ސްކޫލު ޕްރިންސިޕަލް އަހްމަދު ހަބީބު: އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރަން ސްކޫލުގެ 100 ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަނަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: ކިޔުންތެރިއެއް

ގއ. ގެމަނަފުށި ސްކޫލު ޕްރިންސިޕަލް އަހްމަދު ހަބީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ވަކިކުރަން 100 ބެލެނިވެރިންގެ ޕެޓިޝަނެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ގެމަނަފުށި ސްކޫލުގެ ބެލެނިވެރިން "އަދަދު" އަށް ބުނީ އެ ޕެޓިންޝަން މިދިޔަ ޑިސެމްބަރު މަހު ހުށަހެޅުމުން، ޕެޓިޝަނަށް ރިއާއަތް ކުރުމަށްފަހު ހަބީބު އެހެން ސްކޫލަކަށް ބަދަލު ކުރާނެ ކަމުގެ އެޑިޔުކޭޝަން މިނިސްޓްރީން ޔަގީންކަން ދިން ނަމަވެސް، މި އަހަރު ސްކޫލު ފެށުނުއިރު ވެސް އޭނާ ވަކި ނުކުރާ ކަމަށެވެ.

އެގޮތުން މައްސަލައަށް ހައްލެއް ނުލިބޭނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިޖާޖަށް ނިކުންނާނެ ކަމަށް ވެސް އެ ސްކޫލުގެ ބެލެނިވެރިން މި ނޫހަށް ވަނީ މައުލުމާތު ދީފަ އެވެ.

ގެމަނަފުށީ ސްކޫލުގެ ބެލެނިވެރިން ހުށަހެޅި ޕެޓިޝަންގައި ބުނީ ހަބީބު ސްކޫލާ ހަވާލުވިފަހުން ކިޔެވުމަށް ވުރެ ބޮޑަށް ކުޅިވަރަށް އިސްކަން ދޭތީ، ދަރިވަރުންގެ ކިޔެވުން ދުވަހަކަށް ވުރެ ދުވަހެއް ދަށްވެ ފާއިތުވި 15 އަހަރު ތެރޭގައި ދަށްނުވާ ވަރަށް ދަރިވަރުންގެ ނަތީޖާ ދަށްވެފައިވާ ކަމަށެވެ.

"ފާއިތުވި 15 އަހަރު ތެރޭގައި ދަށްނުވާ ވަރަށް، ގެމަނަފުށީ ސްކޫލުގެ ދަރިވަރުންގެ ނަތީޖާ ވަނީ މި ޕްރިންސިޕަލް ސްކޫލާއި ހަވާލުވި ފަހުން ވަރަށް ބޮޑަށް ދަށްވެފައި. އަދި އަހުމަދު ހަބީބް ސްކޫލާއި ހަވާލުވިފަހުން ކިޔެވުމަށްވުރެ ބޮޑަށް ކުޅިވަރަށް އިސްކަންދޭކަން ފާހަގަކުރެވޭ. އެގޮތުން އަހަރަކު ތިންހަތަރު ފަހަރު އެކި ނަންނަމުގައި ސްކޫލުގެ ދަރިވަރުން ގޮވައިގެން އައްޑޫ ފަދަ ތަންތަނަށް ދަތުރު ކުރޭ،" ބެލެނިވެރިން ހުށަހެޅި ޕެޓިޝަންގައި ބުންޏެވެ.

ދަތުރުތަކަށް ބެލެނިވެރިން އަތުން ހަރަދު ހޯދުމަށް އެދެމުންދާކަން ބެލެނިވެރިން ދަނީ ފާހަގަކޮށް އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެފަދަ ދަތުރުތަކަށް ހަރަދު ނުކުރެވޭ ދަރިވަރުންގެ ބެލނިވެރިން ޝަކުވާ ކުރުމުން އެ ދަރިވަރުން ބާކީ ކޮށްލާނެ ކަމަށް އިންޒާރުދޭ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

ޕެޓިޝަންގައި އިތުރަށް ބުނީ ކުޅިވަރުގެ އެކި ހަރަކާތްތައް ރާވަނީ ވެސް ހަބީބު ނިސްބަތްވާ އައްޑޫ ސިޓީގައި ކަމަށެވެ. އަދި އެ ދަތުރުތަކުގައި އެކި މުއައްސަސާތަކުން އެހީގެ ގޮތުގައި ހޯދާ ފައިސާއަށް ވާނުވާ ނޭގުމާއި ޕްރިންސިޕަލް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށް ޕެޓިޝަނުގައިވެ އެވެ.

"ސްކޫލް ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި ދޭތެރެ ޖެއްސުމާއި ފިތުނަވެރި ވާހަކަ ދެއްކުން އިންތިހާއަށް ވަނީ ބޮޑުވެފައި. ދަރިވަރުން ކައިރީގައި ޓީޗަރުންގެ ވާހަކަ ދެއްކުމާއި، ޓީޗަރުން ކައިރީގައި ދަރިވަރުންގެ ވާހަކަ ދައްކައި ފިތުނަ އުފެއްދުން ވަނީ އާންމު ކަމަކަށްވެފައި،" ޕެޓިޝަންގައި ބުންޏެވެ.

މީގެ އިތުރުން ބެލެނިވެރިންނަށް ސްކޫލް ބަންދު ގަޑީގައި އާއި ދަންވަރު ގަޑިތަކުގައި ހަބީބް ގުޅައި ބޭއަދަބީ ވާހަކަ ދައްކާ މައްސަލަ ވެސް ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުން ސްކޫލުގައި ދަރިވަރުންނާއި ދިމާކުރުމާއި، ދަރިވަރުންގެ ބެލެނިވެރިންނާއި ޕްރިންސިޕަލާ އަޅުވާކިޔުން ވަނީ އާންމުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox