ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާ ކަމަށް ބުނާ މައްސަލަ އީސީއިން ބަލަން ފަށައިފި

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ: އަދަދު

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ: އަދަދު

ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ވަގު ފޯމުތަކެއް ފުރާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މީހުންގެ އައިޑީކާޑުގެ މައުލޫމާތު ހޯދައި، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާގޮތުން މިކަން ކޮށްފައިވަނީ ހޯމް މިނިސްޓްރީން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ހުރި އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން، "އަދަދު" އާ ވާހަކަދެއްކި އީސީގެ އޮފިޝަލު ބުނީ މީގެތެރެއިން ބައެއް މީހުން އީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތައް ވެސް އީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އީސީގެ އޮފިޝަލް ބުނީ މި މައްސަލަތަކާމެދު ގޮތެއް ނިންމާނީ އާ އަހަރުގެ ބަންދު ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ.

މިފަދައިން މެންބަރަކު ޕީއެންސީއަށް ވެއްދި ފޯމެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ފޯމުގައި ހެކިންގެ ގޮތުގައި އޮތީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަން ކަމަށްވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މީހާ ބުނެފައިވެ އެވެ.

މިކަންކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް މީހާތަނަށް ލިބިފައިނުވާއިރު ޕީއެންސީއިންވެސް މިކަމާ ގުޅިގެން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ އަހަރު ނިމުމުގެ ކުރިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގި އެވެ. އެ ހަރަކާތްތަކުގައި މިނިސްޓްރީތަކުން ޓީމުތައް ހަދައިގެންވެސް އުޅުނެވެ. ނަމަވެސް އެ އަދަދު ހަމަވިކަން ޕީއެންސީން ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox