ސިޓީ ކައުންސިލް ތެރެއިން "އަދަދު" ނޫހަށް މައުލޫމާތު ދޭ ބަޔަކު ހޯދާނެ ކަމަށް ބުނެ ނަރީޝް އިންޒާރު ދީފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް : ނޫސްވެރިންނަށް މައުލޫމާތު ދޭ ބަޔަކު ހޯދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ --- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް : ނޫސްވެރިންނަށް މައުލޫމާތު ދޭ ބަޔަކު ހޯދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ --- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގައި ހުރި މައްސަލަތަކާއި ވޭތުވެދިޔަ ތަނުގައި އެ އިދާރާގެ ތެރޭ ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދޭ ބަޔަކު ހޯދާނެ ކަމަށް ބުނެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކައުންސިލުގެ މުވައްޒަފުންނަށް އިންޒާރު ދީފި އެވެ.

ސިޓީ ކައުންސިލުގެ އިސް ވެރިން ތިބޭ ގްރޫޕަކަށް ފޮނުއްވި ހައެއްކަ މެސެޖުގައި ނަރީޝް ވަނީ ތަކުރާރުކޮށް އެ ބަޔަކު ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެ އޭނާ ހިއްސާކުރެއްވީ ސިޓީ ކައުންސިލްގައި ހުރި ހުރިހާ ލިޔުމެއް ޑިޖިޓަލް ކުރަން ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްފައިވާކަން ރިޕޯޓުކޮށް މި ނޫހުން ގެނެސްދިިން ހަބަރުގެ ސޯޝަލް މީޑިއާ ޕޯސްޓުގެ ލިންކެކެވެ.

"މި މައުލޫމާތު ކައުންސިލުން ދިން މީހަކު އެނގެން ބޭނުން! ބުނަން މި ތާނގަ ނުކެރެންޏާ އަޅުގަނޑު ހޯދަންވެސް ހޯދާނަން. މި ލެވެލްއަށް ވެއްޓެންޏާ އަޅުގަނޑުމެން ވެސް ދެން ވެއްޓޭނީ މިއަށްވުރެ ލޯ ލެވެލް އަށް. އޭރުން ކައުންސިލް ހިންގަން އެކަކަށް ވެސް ފަސޭހައެއް ނުވާނެ،" ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ނަރީޝް ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ކައުންސިލުގެ ތަރުޖަމާނަކު ހޮވާނީ ކައުންސިލުން ފާސްކޮށްގެން ކަމަށާއި މީޑިއާތަކަށް މައުލޫމާތު ދޭން އުސޫލެއް ހަމައެއް ނެތިއްޔާ އޭނާގެ ވެސް ހަމައެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެސް ނަރީޝް ވަނީ ކައުންސިލްގެ މުވައްޒަފުންނަށް އިންޒާރުދީފަ އެވެ.

މިހާތަނަށް އޭނާ ދިޔައީ ކޮންމެ ކަމެއްގައި ވެސް 1،000 ޕަސެންޓު ސަޕޯޓު ދެމުން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި މިއީ މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް އިންތިހާބުވި ފަހުން ކަން ހިނގަމުންދާ ގޮތުގެ ވާހަކަ އެވެ.

"ޕޮލިޓިކަލް އެޓޭކު ދެންޏާ އަޅުގަނޑުމެންވެސް މިއަދާ ހަމައަށް ތިބޭނީ ސަޕޯޓު ނުދީ ހިންގިޔަ ނުދީ. އެކަމަކު އެހެންނެއް ނޫން އަޅުގަނޑުމެން ކަން ކުރަމުން އައީ،" ނަރީޝްގެ ފަހު މެސެޖުގައި ލިޔުއްވާފައިވެ އެވެ.

މި މެސެޖުތަކުގެ ސްކްރީން ޝޮޓެއް މި ނޫހަށް ވަނީ ލިބިފަ އެވެ. ނަރީޝް ހިތްހަމަނުޖެހުނު ހަބަރުގައި ގެނެސްދިން އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު އެކުލަވައިލި އެއްބަސްވުމެކެވެ.

ރަޢީސްގެ މޭޔަރުކަމުގައި ކުރި އިއުލާނުގައި އޮތީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒެއް ކަމުގައިވާ ޑިޖިޓަލް ކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި ސެކްޝަންތަކުގައި ހުރި އެންމެހާ ލިޔެކިޔުންތައް ސްކޭންކުރުމަށް ބޭނުންވާތީ ބިޑު ހުށަހެޅުމަށެވެ.

މި އިއުލާނުގެ ދަށުން މަސައްކަތް ހަވާލުކުރީ އެކުއިޓައިޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކިއުޓައިޒް މޯލްޑިވްސްއާ ލިޔެކިޔުންތަކުގެ ޑިޖިޓަލައިޒޭޝަަން މަސައްކަތް ހަވާލުކުރީ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހާ ހަމައަށް ދިޔަ ދިޔައިރު، މަސައްކަތް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އެ ކުންފުންޏަށް ސިޓީ ކައުންސިލުން 4.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެ ހަބަރު ގެނެސްދިނުމަށް ކުރި މަސައްކަތުގައި ސިޓީ ކައުންސިލްގެ އެކި ފަންތިތަކުގެ މުވައްޒަފުންނާ މި ނޫހުން ވާހަކަ ދެއްކި އެވެ. ބައެއް ސްޓާފުން ގަބޫލުކުރާ ގޮތުގައި އެ މަޝްރޫއުގެ ބޭނުމަކީ ބަޔަކަށް ފައިސާތަކެއް ދޫކުރުމެވެ.

"އެހެން ނޫންނަމަ ތިން މަސް ދުވަހަށް ހަވާލުކުރި މަސައްކަތެއް އެތައް އަހަރަކަށް ދިގު ދެމިގެން ދާންޖެހޭ ސަބަބެއް ނެތް. އެ މީހުން ބައެއް ސްޓާފުން ގެނައި އެ މަސައްކަތަށް. ނަމަވެސް ހުރިހާ ވަސީލަތެއް، ސްކޭނަރަށް ދާންދެން ދިނީ ސިޓީ ކައުންސިލުން. ނަމަވެސް މަސައްކަތް އޮތީ ނުނިމި،" ސިޓީ ކައުންސިލްގެ މުވައްޒަފަކު ބުންޏެވެ.

ނަރީޝް ހޯދަން ބޭނުންވަނީ މި މައުލޫމާތުތައް ހިއްސާކުރި މުވައްޒަފުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox