އެމްޑީޕީން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ލޯންޗުކޮށްފި

Mar 9, 2026, 9:58 AM
މާލެ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން --- ފޮޓޯ: އެމްޑީޕީ

މާލެ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން --- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ރޭ ލޯންޗުކޮށްފި އެވެ.

އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ލޯންޗުކުރީ "އަމާނާތްތެރި ހިދުމަތް، މާލެ ސިޓީގެ ވިންދު" މެނިފެސްޓޯ އެވެ. މި މެނިފެސްޓޯގައި މައިގަނޑު ތިން ދާއިރާއަކުން ގިނަ ވައުދުތަކެއް ވަނީ ހިމަނާފަ އެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ވައުދުތައް

  • ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު މާލޭގެ އިހުތިސާސްގައި ހިމެނުން
  • ރިވޯލްވިން ހައުސިން ފަންޑެއް ގާއިމުކޮށް، ގޯތިގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުން
  • މާލެ ސިޓީގެ ބައުވެ ނައްތާލަންޖެހިފައިވާ އިމާރާތްތައް ނައްތާލުމުގައި ފަސޭހަކޮށްދިނުން
  • ސިޓީ ކައުންސިލުގައި ޓްރެފިކް މެނޭޖުމަންޓު ޔުނިޓެއް ގާއިމުކުރުން
  • މަލްޓިޕާޕަސް ޕާކިން ބިލްޑިން ތަރައްގީކޮށް، "ގެދޮށު ޕާކިން" ތައާރަފުކުރުން
  • ކުނި އުކާލުމުގައި ފަސޭހަ އަދި އަގުހެޔޮ ނިޒާމެއް ގާއިމުކުރުން
  • ފްލީ މާކެޓެއް ތައާރަފުކުރުން
  • ލަފާފުރާ ސަރަހައްދުތަކަށް ޖާގަ އިތުރުކޮށް ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރުން
  • އާސާރީ ތަންތަން ބެލެހެއްޓުން ކައުންސިލުގެ ދަށަށް ގެނައުން
  • އަލަތު ކައިވެނީގެ ވަލީމާހިލޭ ބޭއްވޭނެ އިންތިޒާމެއް ގާއިމުކުރުން
  • އުމުރުން ދުވަސްވީ މީހުންނަށް ނާސިން ހޯމް ފެސިލިޓީ ގާއިމުކުރުން
  • ވޯކްއިން ޑޭކެއާ ސެންޓަރެއް ގާއިމުކުރުން
  • ޑިޖިޓަލް ލައިބްރަރީގެ ހިދުމަތް ތައާރަފުކުރުން
  • މާރުކޭޓުގައި ހުންނަ ތަކެތި ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރުން

މީގެ އިތުރުން ވެސް އެކި ދާއިރާތަކުން މާލެ ސިޓީ ކުރިއެރުވުމަށް ގިނަ ވައުދުތަކެއް އެމްޑީޕީން ވަނީ މެނިފެސްޓޯގައި ހިމަނާފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox