ލޯނު ނެގުމާއި ބޯނަސް ދިނުން ހިމެނޭހެން ސަރުކާރު ކުންފުނިތަކުން ގިނަ ކަންކަމުގައި ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަދައްކަވަނީ : ސަރުކާރު ކުންފުނިތަކުން ގިނަ ކަންކަމުގައި މާލީ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭގޮތް މިހާރު ވަނީ ހަދާފަ --- ފޮޓޯ: މަޖިލިސް އިދާރާ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަދައްކަވަނީ : ސަރުކާރު ކުންފުނިތަކުން ގިނަ ކަންކަމުގައި މާލީ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭގޮތް މިހާރު ވަނީ ހަދާފަ --- ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރުމާއި ލޯނު ނެގުން ހިމެނޭހެން ގިނަ ކަންކަމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އަށް ބަދަލުގެނެސްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިގޮތަށް ބަދަލު ގެންނަން ނިންމީ އެ ބޯޑުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އެގޮތުން، މީގެ ކުރިން ޕީސީބީން ހުއްދަ ހޯދަން ޖެހޭ އަދި ކުރިއަށް އޮތްތަނުގައި ފިނޭންސުން ހުއްދަ ހޯދަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކުންފުނީގެ އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުން
  • އެކި ކަންކަމަށް އިންވެސްޓްކުރުން
  • މުވައްޒަފުންގެ މަސައްކަތަށް ބަލާ ދެވޭ ބޯނަސްތައް ދިނުން

އެ ސާކިއުލާއާއެކު، ފިނޭންސުން ހުއްދަ ހޯދުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތަކެއް ވެސް ޕީސީބީން ވަނީ މިއަދު ނެރެފަ އެވެ. މި ގައިޑްލައިންތަކާއި ބަދަލުތައް ހިނގާނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓެޑް ކުންފުނިތައް ނޫން އެހެން ވިޔަފާރިތަކަށެވެ.

ލޯނު ނެގުމުގައި އަމަލުކުރާނެ ގައިޑްލައިން

ޕީސީބީން އެކުލަވާލި މި ގައިޑްލައިންގައިވާ ގޮތުގެ މަތިން ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތަނުގައި ލޯނެއް ނެގުމުގެ ކުރިން ލޯނު ދޫކުރާ އެއް ފަރާތައްވުރެ ގިނަ ފަރާތް ދިރާސާކޮށް ޓެކްނިކަލް ކަރުދާހެއް އެކުލަވާލަން ޖެހެ އެވެ.

މި ކަރުދާސް ކުންފުނީގެ ބޯޑަށް ހުށަހަޅާ ފާސްކޮށް، މައި ހިއްސާދާރު ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. ކަރުދާހުގައި އެކުލެވެންޖެހޭ ތަފުސީލުތައް ވެސް ގައިޑުލައިނުގައި ހިމަނާފައިވެ އެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުމަށް އޮތް ޕްލޭންތަކާއި ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް އަލަށް ނަގާ ލޯނުގެ ސަބަބުން ކުރާނެ ސަބަބު ހިމެނެ އެވެ.

ގައިޑުލައިންގައި ބުނެފައިވާ ގޮތުން ސަރުކާރު ކުންފުނިތަކުން ލޯނު ނެގުމުގައި ސަރުކާރު ހިއްސާވާ ލޯނު ދޭ ކުންފުނިތަކާއި މާލީ އިދާރާތަކަށް އިސްކަންދޭނެ ޖެހޭނެ އެވެ.

މީގެއިތުރުން ވެސް ލޯނުތަކާ ބެހޭ މައުލޫމާތު ގެންގުޅުމުގައި އަދި އެ މައުލޫމާތުތައް ޕީސީބީއާ ހިއްސާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވެސް މި ގައިޑްލައިނުގައި ބަޔާންކޮށްފައިވެ އެވެ.

އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގައިޑްލައިން

މި ގައިޑްލައިން ބުނާގޮތުން، ކުންފުނިތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށް ކޮންމެ ފަސް އަހަރަކުން، ހިއުމަން ރިސޯސް ނީޑްސް އެސެސްމަންޓެއް ހަދަން ޖެހޭނެ އެވެ. އަދި އޮނިގަނޑަށް ބަދަލެއް ގެނެވޭނީ މި އެސެސްމަންޓު ހެދުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ. އެސެސްމަންޓުގައި ހިމަނަންޖެހޭ ކަންކަމުގެ ތަފުސީލު ޕީސީބީން އާންމުކޮށްފައިވެ އެވެ.

އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކުންފުނިތަކުން މުސާރައަށް ކުރާ ހަރަދު އާމްދަނީގެ 30 ޕަސެންޓުގައި ހިފެހެއްޓުމަށް މި އުސޫލުގައި އަންގާފައިވެ އެވެ. އާމްދަނީ ނުލިބޭ ކުންފުންޏެއްނަމަ މުސާރައިގެ ހަރަދު ހުންނަންވާނެ ކަމަށް ބުނެފައިވަނީ ހިންގުމުގެ ހަރަދުގެ 50 ޕަސެންޓުގަ އެވެ. ލޭބާ އިންޓެންސިވް ކުންފުންޏެއްނަމަ އެ މިންވަރު 65 އަށް މަތިކުރެވޭނެ އެވެ.

އޭގެ އިތުރުން، ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަސާސީ ޝަރުތުތައް ޕީސީބީން އެކުލަވާލާ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކާ އެއްގޮތް ކުރުމަ ށްވެސް އެ ބޯޑުން ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox