އާ އަހަރު ފާހަގަ ކުރުމަށް ޑްރޯން ޝޯއަކާ އެކު މިރޭ ހަވާ އަރުވަން ތައްޔާރުވެއްޖެ އެވެ.
އާ އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 20:00 ޖަހާއިރުން ފެށިގެން ކުރަށްދާނެ އެވެ.
އެމްއެންޑީއެފްއިން ބުނީ އާ އަހަރު ފާހަގަ ކުރަން ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފަސް މިނެޓުގެ ހަވާ އެރުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 23:59 ގައި ކަމަށެވެ.
މީގެއިތުރުން ޑްރޯން ޝޯ މިރޭ 20:55 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޝޯ 15 މިނެޓަށް ދިގުދެމިގެންދާނެ އެވެ.
އާ އަހަރު ފާހަގަ ކުރުމަށް ސެންޓްރަލް ޕާކުގައި މިއަދާއި މާދަމާ ފުޑް ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފުޑް ފެސްޓިވަލް ކުރިއަށް ދާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 ޖަހަންދެންނެވެ.

އާ އަހަރު ކުލަގަދަކޮށް ފާހަގަ ކުރަން ރާއްޖޭގެ އެކި ކަންކޮޅުގައި އަބަދުވެސް ހަރަކާތްތައް ބާއްވަ އެވެ.













