ދިވެހި ޔޫތު ލީގުން ޒުވާން ކުޅުންތެރިންނަށް ރަނގަޅު މިސްރާބު އެނގިގެންދާނެ

Dec 31, 2024, 4:19 AM
ދިވެހި ޔޫތު ލީގުން ޒުވާން ކުޅުންތެރިންނަށް ރަނގަޅު މިސްރާބު އެނގިގެންދާނެ

ދިވެހި ޔޫތު ލީގުން ވާދަވެރި ރަނގަޅު މެޗުތަކެއް ކުޅެލަން ގަވާއިދުން ފުރުސަތު ލިބުމުން ފުޓްބޯޅަ ކެރިއަރެއް ބިނާކުރުމަށް ދާންވީ ރަނގަޅު މިސްރާބު ޒުވާން ކުޅުންތެރިންނަށް އެނގިގެންދާނެ ކަމަށް އެފްއޭއެމްގެ އެލީޓް އެންޑް ޔޫތު ޑިވެލޮޕްމަންޓްގެ މަސައްކަތުގެ އެންމެ އިސް ފަރާތް، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

މިިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި ދިވެހި ޔޫތު ލީގަކީ، އެފްއޭއެމްއާ ގުޅިގެން، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ކަންތައްތަކުގައި އިސްކޮށް އުޅޭ ޝާކިއްޓެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޔޫތު ލީގެއް ބޭއްވުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުތައް ވެސް ބައިވަރު ކަމަށެވެ.

"މިހާރު (ލީގު) ބާއްވައިގެން މި އުޅެނީ 12 އަހަރު، 14 އަހަރު، 16 އަހަރު، މި ތިން އުމުރުފުރާ މި ތަނުން، 12 އަހަރު، 14 އަހަރު މިއީ ޑެއިލީކޮށް އެކަޑަމީތަކުގައި ޕްރެކްޓިސްކުރާ ކުދިން، އެ ކުދިންނަށް ކޮމްޕެޓިޓިވް ލެވަލްގައި މެޗު ކުޅެން ލިބުމަކީ އެ ކުދިންގެ ޑިވެލޮޮޕްމަންޓަށް ވަރަށް މުހިންމު ކަމެއް. މިއީ އެ ކުދިންނަށް މިހާރު އެންމެ މަދުވާ ކަމަކީ، އެއީ ކޮމްޕެޓިޓިވް ލެވަލްގައި މެޗުތައް ކުޅެން ލިބުން، މެޗުތަކެއް ލިބުމަކީ އެ ކުދިންގެ ފިއުޗާ އަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް،" ޝާކިއްޓެ ބުނެފި އެވެ.

މީގެ ކުރިން، ރާއްޖޭގެ ގްރާސްރޫޓު ފުޓްބޯޅައިގައި ކުދިން ޑިވެލޮޕްމަންޓްގެ ކަންކަން އޮންނަނީ އެފްއޭއެމްގެ ތެރެއިން އޮންނަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ތެރެއިންނެވެ. އެކަމަކު، މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ކްލަބްތަކާއި ޖަމިއްޔާތަކުން އެކެޑަމީތައް ވުޖޫދުކޮށްގެން ކުޅުންތެރިން ޓްރެއިން ކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރިއަށްގެންދަން ފެށި އެވެ. އަދި ފަހުން، ކްލަބް ލައިސަންސިން ތެރެއިން ކްލަބްތަކަށް ވެސް އެކަޑަމީ ހިންގަން ލާޒިމުވެގެންދިޔަ އެެވެ.

ދުނިޔޭގައި ފުޓްބޯޅަ ކުރިއަރާފައިވާ ގިނަ ގައުމުތަކަށް ބަލާއިރު، އެންމެ ރަނގަޅު ކްލަބްތަކުން ވެސް އަންނަނީ އެކަޑަމީ ހިންގައި، ހަގު އުމުރުން ފެށިގެން ހުނަރުވެރި ކުޅުންތެރިން ޑިވެލޮޕްކުރަމުންނެވެ. ޝާކިއްޓެ ފާހަގަކުރި ގޮތުގައި، އެ ގޮތަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން އެކަޑަމީ މަސައްކަތް ކުރުމަކީ ދުރު ވިސްނުމަށް ބަލާއިރު ގައުމެއްގެ ފުޓްބޯޅަ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމެއް ކަމަށެވެ.

"އެކަޑަމީގެ އެ ސްޓްރަކްޗާ ރަނގަޅަށް ދާ ކަމަށްވަންޏާ އެއީ ކްލަބަށް ވެސް އޭގެއިން ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް. މި ކްލަބްތަކުގެ ދަށުން އެކަޑަމީ ހިންގުމަކީ ކްލަބަށް ވެސް އަދި ޖުމްލަކޮށް މުޅި ފުޓްބޯޅަ އަށް ވެސް ވަރަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެނީ،" ޝާކިއްޓެ ބުންޏެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާއި ސިނިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތް ކުރި ޝާކިއްޓެ ބުނީ، މި ފަހަރުގެ ޔޫތު ލީގުގެ މިހާތަނަށް ފެނުނު މެޗުތަކަށް ބަލާއިރު ހުނަރުވެރި އެތައް ކުޅުންތެރިންނެއް ފާހަގަކުރެވިފައިވާ ކަމަށެެވެ.

"ޔޫތު ލީގުގެ މެޗުތަކަށް ބަލާއިރުގައި ވަރަށް ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ފެނިގެންދޭ ވަރަށް ބައިވަރު ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެން އެބަދޭ. ހަގީގަތުގައި މިހެން ބުނާކަމަށްވަންޏާ ބަލައި ފޫހިނުވާ ކަހަލަ އެހާ ހުނަރުވެރި ކުޅުންތެރިންތަކެއް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ، މީގެ އިން މުހިންމު ކަމަކީ، މި ކުޅުންތެރިން ދާން ބޭނުންވާ މިސްރާބު ދައްކައިދިނުން، އެއީ ކަންނޭނގެ މީގެ މުހިންމު ކަމަކީ،" ޝާކިއްޓެ ބުންޏެވެ.

ޔޫތު ލީގުން ފާހަގަވާ ހުނަރުވެރި މޮޅު ކުޅުންތެރިން ފާހަގަކޮށް، ސިލެކްޝަނެއް ހަދައި، ރަނގަޅު ޓީމެއް ބިނާކުރުމަކީ އެފްއޭއެމްގެ އަމާޒަކެވެ. އަދި އެ ފަދަ ވިސްނުމަކުން ކުރިއަށްދާން ބަލާއިރު، ދިވެހި ޔޫތު ލީގު ބައްޓަން ކުރެވިފައި އޮތީ ވެސް ރަނގަޅަށް ކަމަށް ޝާކިއްޓެ ބުނެފައިވެ އެވެ.

"މި މުބާރާތުގެ ސްޓްރަކްޗާ ކުރެވިފައި އޮތްގޮތުން ވެސް ކުޅުންތެރިންގެ މުސްތަގުބަލަށް ވަރަށް ފައިދާކުރާނެ ގޮތަކަށް މި ސްޓްރަކްޗާ މީނީ، ފީފާ އާއި އޭއެފްސީގެ ސްޓްރަކްޗާގައި ވެސް އެބަ އިނދޭ ވަކި އުމުރުތަކެއްގެ މުބާރާތް ކުޅޭއިރު ގައިޑްލައިންތަކެއް، އެ ގައިޑްލައިންތަކާ އެއްގޮތަށް އަޅުގަނޑުމެން މި މުބާރާތް ބައްޓަން ކޮށްފައި މި ހުރީ، އެއީ ކުދިންގެ މުސްތަގުބަލަށް އެންމެ ރަނގަޅު ފައިދާކުރާނެ ގޮތަކީ އެއީ ކަމަށްވާތީވެ،" ޝާކިއްޓެ ބުންޏެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޔޫތު ލީގު ބްރޭކެއް ނަގާފައި އޮތީ، ސްކޫލް ބަންދާ ދިމާކޮށެވެ. މި ބްރޭކަށް ފަހު އަލުން ދިވެހި ޔޫތު ލީގު ފަށާނީ، ޖެނުއަރީ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox