ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުން ޑިލީޓު ކުރުވި މައްސަލަ ބަލަނީ

ފުލުހަކު މީހެއްގެ މައުލޫމާތު ނަގަނީ: ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުން ޑިލީޓު ކުރުވި މައްސަލައެއް އެ އިދާރާއިން ދަނީ ބަލަމުން -- ފޮޓޯ: ފުލުހުން

ފުލުހަކު މީހެއްގެ މައުލޫމާތު ނަގަނީ: ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުން ޑިލީޓު ކުރުވި މައްސަލައެއް އެ އިދާރާއިން ދަނީ ބަލަމުން -- ފޮޓޯ: ފުލުހުން

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކުރި ފޮޓޯއެއް ފުލުހުން ޑިލީޓު ކުރުވި މައްސަލަ އެ އިދާރާއިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އިދާރާގެ އޮފިސަރަކު ފޮޓޯ ޑިލީޓު ކުރި ކަމުގެ ތުހުމަތެއްގެ ޝަކުވާ ލިބުމުން އެކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.

"އެފަދަ ތުހުމަތެއްގެ ޝަކުވާއެއް ސަމާލުކަމަށް އައިސްފައިވާތީ އެކަން ހިނގާފައިވާ ގޮތެއް ބަލަމުން ދަނީ،" ފުލުހުން ބުންޏެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ނޫސްވެރިޔަކު ނެގި އެ ފޮޓޯ ޑިލީޓު ކުރުވާފައި ވަނީ ޕްރެސް ކާޑު ވެސް އޮއްވަ އެވެ. އެގޮތުން ފުލުހުން ވަނީ ތަކުރާރުކޮށް ފޮޓޯ ޑިލީޓު ކުރަން އިންޒާރުދީ ފޮޓޯ ޑިލީޓު ކުރުވާފަ އެވެ.

"ޕްރެސް ކާޑު އޮތޭ ބުނީމަ ވެސް ފޮޓޯ ޑިލީޓް ކުރަން އެންގީ އޭނައަށް. ބުނީ ޕްރެސް ކާޑު އޮތްތޯ ބަލާކަށް ބޭނުން ނުވާ ކަމަށް. ޑިލީޓް ނުކޮށްފިނަމަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބަލާނެ ކަމަށް ބުނެ ވެސް އިންޒާރުދިން،" އެކަން އެނގޭ މީހަކު މި ނޫހަށް ކިޔައިދިނެވެ.

އާންމު ތަންތަނުގައި ފޮޓޯ ނެގުން ހުރިހާ ރައްޔިތުންނަށް ވެސް ހުއްދައިރު، ޕްރެސް ކާޑު އަޅައިގެން މަނާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ނޫސްވެރިންނަށް ވެސް ފޮޓޯ ނަގައި ހަރަކާތްތެރިވުމަށް ގާނޫނާއި ގަވާއިދުތަކުން ހުރަހެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox