ސަރުކާރުގެ ވެރިން ދައުރުކުރަނީ މޫކޭގެ އެޕާޓްމަންޓުން ގެންދިޔަ ތަކެތީގެ ފޮޓޯތަކެއް ނޫން: ފުލުހުން

މޫކޭ ގެއިން ނެގި ކަމަަށް ބުނެ ފަތުރަމުންދާ އަގު ބޮޑު މުދާތަކުގެ ގްރެފިކެއް: މެދުގައި އެހެރީ އެ ފޮޓޯތައް ދައުރުކުރަމުންދާ ސިޓީސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުހައްމަދު ރާޝިދު -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

މޫކޭ ގެއިން ނެގި ކަމަަށް ބުނެ ފަތުރަމުންދާ އަގު ބޮޑު މުދާތަކުގެ ގްރެފިކެއް: މެދުގައި އެހެރީ އެ ފޮޓޯތައް ދައުރުކުރަމުންދާ ސިޓީސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުހައްމަދު ރާޝިދު -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ގެއިން ފުލުހުން ގެންދިޔަ ކަމަށް ބުނެ ސަރުކާރުގެ ވެރިން ފަތުރަމުންދަނީ ހަގީގަތެއް ނެތް ފޮޓޯތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

މޫކޭގެ ގެއިން ފެނުނު ކަމަށް ބުނާ މުދަލުގެ ފޮޓޯތަކެއް ހިމެނޭ ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ފޮނުވާ ފުލުހުންގެ މީޑީއާ ޓީމާ ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ ޓީމުން ބުނީ މިއީ އެ މައްސަލާގައި ގެންދިޔަ މުދާތަކެއް ނޫން ކަމަށެވެ.

މީޑިއާ ގްރޫޕުގައި ހިއްސާކުރި ސްކްރީންޝޮޓުގައި ފެންނަނީ އެ ޕޯސްޓު، ފުލުހުންގެ ބެލެނިވެރި ވުޒާރާ ކަމަށްވާ ހޯމްލޭންޑް ސެކިއުރިޓީގެ މީޑިއާ އޮފިޝަލު ފާތިމަތު ރިފާތު ހިއްސާކޮށްފައިވާތަނެވެ. ރިފާތުގެ ޕޯސްޓުގައި 'މިއީ ހަގީގަތެއް ނަމަ،' ކަމަށް ބުނެފައިވެ އެވެ.

މާލޭގައި މޫކޭ ދިރިއުޅޭ އެޕާޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ. ކޯޓު އަމުރު ނެރުނީ އާރުޑީސީގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށެވެ.

ފުލުހުން މޫކޭގެ ގެއަށް ވަދެ ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ އެވެ. އެކަން ފުލުހުންވެސް ހާމަކުރި އެވެ.

މި ރެއިޑަށްފަހު ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓުތަކުންނާއި ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަމިއްލަ އެކައުންޓުތަކުން ފުލުހުން ގެންދިޔަ ސާމާނުތައް ކަމަށް ބުނެ ފޮޓޯތަކެއް ދަނީ ދައުރުކުރަމުންނެވެ.

ދައުރުކުރާ ފޮޓޯތަކުގައި ހިމެނެނީ އަގުބޮޑު އަތުކުރީ ގަޑިތަކަކާއި ގަހަނާތަކެއްގެ އިތުރުން، ބްރޭންޑެޑް އަތް ދަބަސް ތަކެކެވެ. މިއީ މޫކޭގެ ގެއިން ފެނުނު ތަކެތި ކަމަށާއި މި ތަކެއްޗަކީ އާރުޑީސީގެ ލާރިއަށް ގަނެފައިވާ ތަކެތި ކަމަށް މި ޕޯސްޓުތަކުގައި ބުނެފައިވެ އެވެ. އެ ތަކެތީގެ އަގު ހަ މިލިއަނަށް އަރާ ކަމަށްވެސް ބައެއް ޕޯސްތަކުގައި ބުނެފައިވެ އެވެ.

މީގެތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ރާޝިދު (ރާޑޯ) ކޮށްފައިވާ ޕޯސްޓެވެ. މި ޕޯސްޓަށް އާންމުންގެ ގިނަބަޔަކު ވަނީ ރައްދުދީފަ އެވެ.

އެގޮތުން، ބައެއް މީހުން ވަނީ ރާޑޯގެ ޕޯސްޓުގައި ހުރި ފޮޓޯތައް ގޫގުލް ލެންސުން ސާޗުކޮށް، އެއީ މޫކޭގެ ގެއިން ފެނުނު އެއްޗެހި ނޫންކަން ސާބިތުކޮށްދީފަ އެވެ. އެ ޕޯސްޓުގައި ހިމެނޭ ހަތަރު ފޮޓޯއަކީ ވެސް ގޫގުލް ކޮށްގެން ހޯދާފައިވާ ފޮޓޯތަކެއްކަން މި ނޫހަށްވެސް ވަނީ ހޯދިފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މޫކޭގެ އެޕާޓުމެންޓުން ގެންދިޔައީ އޭނާގެ ފޯނެވެ. އެކަން އޭނާވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox