ހުލާސާކޮށް އިއްޔެ: މާލޭ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ 10 އަހަރު

Dec 30, 2024, 1:20 AM
ޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ - ފޮޓޯ: އަދަދު

ޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ - ފޮޓޯ: އަދަދު

ދައުލަތުން އެންމެ ބޮޑު ބަޖެޓެއް ދީގެން ހިންގާ ކައުންސިލު ކަމުގައިވާ މާލެ ސިޓީ ކައުންސިލުގެ މާލީ ހިސާބުތައް އޮޑިޓު ނުކުރާތާ 10 އަހަރު ފާއިތުވެފައިވާކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ހުރިހާ ކައުންސިލެއް ހިމެނޭހެން, ދައުލަތުގެ އޮފީސްތައް އޮޑިޓު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަނީ އޮޑިޓާ ޖެނެރަލް އޮފީހާ އެވެ. އެ އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި މާލެ ސިޓީ ކައުންސިލް 2012 އިން 2014 ގެ ނިޔަލަށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު އާންމުކުރީ 2016 ގަ އެވެ. އެ ފަހުން އެއްވެސް އަހަރެއްގައި މާލެ ސިޓީ ކައުންސިލު އޮޑިޓުކޮށްފައި ނެތެވެ.

އޮޑިޓު ނުކުރާ މައްސަލައިގައި ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ ސިޓީ ކައުންސިލުގެ އެއްވެސް އޮޑިޓް ރިޕޯޓެއް އެ ކައުންސިލުން ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކައުންސިލު އޮޑިޓު ކުރަން އޮޑިޓު އޮފީހުން ޕްލޭންތައް ހަދަމުންދާތާ ހަ މަހެއްހާ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސްޓާނަލް އޮޑިޓް ހަދަން އޮޑިޓް އޮފީހުން ވިޒިޓްތަކެއް އެބަ ހަދާ އަޅުގަނޑުމެންނަށް. ޕްލޭން ކުރުމުގެ މަސައްކަތް އެބަ ކުރޭ. އޮޑިޓާ ޖެނެރަލް އޮފީހުން އެ ޕްލޭން ހަދާތާ މިހާރު ވެދާނެ ހައެއްކަ މަސް މިހާރު. ޕްލޭން ކުރަމުން އެދަނީ. ޕްލޭން ކޮށްފައި ފަށައިގަންނާނީ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓު އޮފީހުން ޕްލޭންތައް ހެެދި ނަމަވެސް މިއަދާ ހަމައަށް ކައުންސިލުގެ އޮޑިޓު ހަދަން ނުފަށަ އެވެ. އާޒިމް ވިދާޅުވީ އޮޑިޓާ ޖެނެރަލް އޮފީހަށް, އޮޑިޓު ކުރަން ނުފެށިގެން އުޅެނީ ގިނަ ދުވަހު އެ ކައުންސިލް އޮޑިޓް ނުކޮށް އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.

އޮޑިޓު އޮފީހުން މި މަސައްކަތް ނުފެށި ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލް އޮޑިޓު ކުރުމަށް ކުރިއަށް އޮތް ދެ އަހަރަށް އިންޓާނަލް އޮޑިޓަރެއް ނަގައި، މަސައްކަތް ފަށާފަ އެވެ. އޮޑިޓް ކުރުމުގެ މަސައްކަތް ހަވާލުކުރީ ކުރޯ މޯލްޑިވްސް އެލްއެލްޕީއާ އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް ނަގައި މަސައްކަތް ފެށުމުން ކައުންސިލުގެ ދެފުށް ފެންނަ ސިޔާސަތާ އެކު ރައްޔިތުން ކުރާ އިތުބާރު ވެސް ބޮޑުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އަޅުގަނޑު ހަވާލުވާ ކޮންމެ ތަނެއްގައި ވެސް އެންމެ އިސްކަމެއް ދޭ ކަމަކީ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަންތައްތަކެއް ކުރުން. އަދި އެކަން އެކަން އެންޝުއާ ކުރުމަށް އޮޑިޓް ފަންކްޝަނަކީ ވަރަށް މުހިންމު ފަންކްޝަނެއް. އެގޮތުން އަޅުގަނޑު ހުންނަ ތަނެއްގައި އޮޑިޓް ފަންކްޝަން ވަރުގަދަކޮށް ހަރުދަނާ ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އިންޓާނަލް އޮޑިޓް ހެދުމުގެ ސަބަބުން އެކްސްޓާނަލް އޮޑިޓްތައް ހެދުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރެވި 10 އަހަރު ފާއިތުވެފައިވާތީ، އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ ބަހެއް ހޯދުމަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox