އެއްބަސްވުން އާ ނުކުރެވޭނަމަ ރެއާލުން ވިނީޝިއުސް ވިއްކާނީ 300 މިލިއަން ޑޮލަރަށް

Dec 30, 2024, 4:56 AM
އެއްބަސްވުން އާ ނުކުރެވޭނަމަ ރެއާލުން ވިނީޝިއުސް ވިއްކާނީ 300 މިލިއަން ޑޮލަރަށް

މެޑްރިޑް (ޑިސެމްބަރު 30) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް އަންނަ އަހަރު އާ އެއްބަސްވުމެއް ދޭން ރެއާލުން ތައްޔާރުވަމުން އަންނަ ކަމަށާއި ކޮންޓްރެކްޓް އާ ނުކުރެވޭނަމަ ބޮޑު އަގުގައި ވިނީޝިއުސް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުތަކުގައި ވިނީޝިއުސް ވަނީ ރެއާލްއާ އެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި ސީޒަނުގައި ވެސް ވިނީޝިއުސް ވަނީ ރެއާލަށް ކުޅެދިން 21 މެޗުގައި 14 ގޯލު ޖަހައި، 10 ގޯލް ޖެހުމަށް އެހީތެރިވެދީފަ އެވެ.

ވިނީޝިއުސް ވަނީ ރެއާލަށް ކުޅެދިން 285 މެޗުގައި 97 ގޯލު ޖަހާ 83 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ރެއާލުން ވިނީޝިއުސްއާ އެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރު ޖޫންގެ ނިޔަލަށް އެވެ. ވިނީޝިއުސް އަށް މިހާރު ވެސް ޔޫރަޕްގެ ގިނަ ކްލަބްތަކަކުން އަންނަނީ ފާރަލަމުންނެވެ. ޔޫރަޕްގެ އިތުރުން ސައުދީގެ ކްލަބުތަކުން ވެސް ވިނީޝިއުސް އަށް ބޮޑު އަގު އަންނަނީ ހުށަހަޅަމުންނެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން އަންނަނީ ވިނީޝިއުސްއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ވިނީޝިއުސް ވެސް ހުރީ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން ވިނީޝިއުސް އަށް ދޭން ތައްޔާރުވަމުން އަންނަނީ ކީލިއަން އެމްބާޕޭ އަށް ދެމުން އަންނަ މުސާރައާ ދާދި އެއްވަރެއްގެ މުސާރަ އެވެ. އަދި ރެއާލުން ވިނީޝިއުސް ވިއްކާނަމަ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 300 މިލިއަން ޑޮލަރު އެވެ.

ވިނީޝިއުސް ވަނީ ރެއާލްއާ އެކު ސްޕެނިޝް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

މި ވަގުތަށް ބަލާއިރު، ވިނީޝިއުސް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox