ފަޒުލްގެ މައްސަލަތައް ފެންމަތިވުމުން އަލިކޮއިރަށުގެ އެވޯޑު ލެޓާ ބާތިލުކޮށްފި

ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރަން އުޅުނު އއ. އަލިކޮއިރަށާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު: މި ރަށުގެ އެވޯޑު ލެޓާ ދޫކުރީ މާޒިޔާ ސާވިސަސްއަށް, އެކުއިޒިޝަން ކޮސްޓު ދައްކާ ގޮތަށް އޮތީ ފަޒުލް މެދުވެރިވެގެން -- ފޮޓޯ: އެކްސް.ކޮމް/ސިންކަރެކްޓްޖޭ

ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރަން އުޅުނު އއ. އަލިކޮއިރަށާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު: މި ރަށުގެ އެވޯޑު ލެޓާ ދޫކުރީ މާޒިޔާ ސާވިސަސްއަށް, އެކުއިޒިޝަން ކޮސްޓު ދައްކާ ގޮތަށް އޮތީ ފަޒުލް މެދުވެރިވެގެން -- ފޮޓޯ: އެކްސް.ކޮމް/ސިންކަރެކްޓްޖޭ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ހިޔާނާތާއި ރިޝްވަތު ނެންގެވުމުގެ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ އިބްރާހިމް ފަޒުލް ރަޝީދުގެ މަސްލަހަތު ހިމެނޭ އއ. އަލިކޮއިރަށް ކުއްޔަށް ދޭން ޓޫރިޒަމް މިނިސްޓްރީން ދޫކުރި އެވޯޑު ލެޓާ ބާތިލުކޮށްފި އެވެ.

އަލިކޮއިރަށުގައި ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އެވޯޑު ލެޓާ ދޫކުރީ މާޒިޔާ ސާވިސަސްއަށެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން އެ ރަށް ދޫކުރަން އިއުލާނުކުރި އަގު ކަމުގައިވާ 1.2 މިލިއަން ޑޮލަރަށެވެ. މާޒިޔާއަށް މި އެވޯޑު ލެޓާ ދޫކުރީ މި އަހަރުގެ ޖޫން 26, ގަ އެވެ.

މާޒިޔާ ސާވިސަސްއަކީ ފަޒުލްއާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ. މި ކުންފުނީގައި ފަޒުލްގެ ހިއްސާއެއް ނެތް ނަމަވެސް, އިތުބާރު ހުރި މަސްދަރުތަކުން ނަން ނުޖަހާ ގޮތަށް "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓު ފައިސާ ބޮޑު ބަޔެއް ފަންޑުކުރައްވަން ތައްޔާރަށް ހުންނެވީ ފަޒުލް އެވެ.

އަލިކޮއިރަށުގެ އެކުއިޒިޝަން ކޮސްޓު ދައްކަން މާޒިޔާއަށް ދިން މުއްދަތު ޓޫރިޒަމް މިނިސްޓްރީން އައީ އިތުރުކޮށްދެމުންނެވެ. މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެންމެ ފަހުން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 10 ގަ އެވެ. އެ ފަހުން މިނިސްޓްރީން ވަނީ އެ މުއްދަތު އިތުރުނުކޮށް, އެވޯޑު ލެޓޭ ބާތިލުކޮށްފަ އެވެ.

ނަމަވެސް، މާޒިޔާއާ ގުޅުން އޮންނަ މަސްދަރަކުން މި ނޫހަށް މިއަދު ބުނީ އެވޯޑު ލެޓާ ބާތިލުކުރީ، ފައިސާ ދެއްކުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަ ނުވަނީސް ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ބޭނުން ނުވީ އެކަންކަމުގެ ތެރެއަށް އިތުރަށް ވަންނަން. ބޮޑު ބޮލުގެ ރިހުމަކަށް ވެސް ވެފައި އޮތީ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައިގައި "އަދަދު" އާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ އެވޯޑު ލެޓާ ބާތިލުކުރީ ސީދާ ރައީސް އޮފީހުން އަންގައިގެންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް މީހަކު ވެސް ވަނީ މިކަން މިގޮތަށް ހިނގާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

ރައީސް އޮފީހުން މި އެންގުން އައީ ބިންވެރިޔާ ގޯތިތައް ވަގަށް ދޫކުރި މައްސަލަ ހިލުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ނުރަސްމީކޮށް މިކަން ކަށަވަރުކޮށް ދިން ނަމަވެސް, ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމުގައި ރަސްމީ ބަހެއް ދޭން އިންކާރުކޮށްފަ އެވެ. ސަބަބަކަށް ދެއްކީ އިންވެސްޓަރުންނާ އެކީ ކުރާ މުއާމަލާތްތަކުގެ ސިއްރު ހިފެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox