ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފި އެވެ.
ކަސްޓަމްސްއިން ރޭ ބުނީ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ 319 ގްރާމުގެ ހެރޮއިން އަދި 2.1 ކިލޯގެ މެފެޑްރޯން ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްތަމްސްއިން ނުދެ އެވެ. އަދި ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
މި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރަން އުޅުނީ ބިދޭސީއެއް ކަމެއް ނުވަތަ ދިވެއްސެއްކަން ވެސް ނުބުނެވެ. އަދި މި މައްސަލައިގައި މީހަކު ހައްޔަރު ކުރިކަން ވެސް ހާމައެއް ނުކުރެ އެވެ.












