ވައްކަމުގެ މައްސަލައެއް ސާބިތުވެ، ގޭބަންދަށް ހުކުމްކޮށްފައި ހުރި މީހަކު، ފިހާރައެއް ފަޅާލައި، ފޯނުތަކެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފި އެވެ.
މާލޭގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފަޅައިލި މައްސަލައިގައި ހައްޔަރުކުރީ ރ. މީދޫ، ބުލްބުލް، އަޒްމަލް މުހައްމަދު، 40، އެވެ. ހައްޔަރުކޮށް އޭނާ ބަލައިފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަސް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ތުހުމަތުގައި 59 ފަހަރު ހައްޔަރުކޮށްފައިވާ އަޒްމީނު، ފަސް މަހާއި 22 ދުވަހުގެ މުއްދަތަކަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން، ނޮވެމްބަރު 6، 2024 ގައި ހުކުމް ކުރީ، "ކްރެވްސް ޓޭކްއަވޭ" ރެސްޓޯރެންޓުން ވައްކަން ކުރި މައްސަލައެއް ސާބިތު ވެގެންނެވެ.
ގޭބަންދު ހުކުމުގައި ހުއްޓައި މޯބައިލް ފޯނުތައް ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ދީފަ އެވެ.












