ޑްރަގް ބޯޓުން ހައްޔަރުކުރި ލަންކާ މީހުންގެ ބަންދު 30 ދުވަހަށް އިތުރުކޮށްފި

ބަންދުގެ މުއްދަތު އިތުރުކުރި ފަސް ލަންކާ މީހުން: އެ މީހުން އަތުލައިގަތީ 468 ކިލޯގެ މަސްތުވާތަކެއްޗާ އެކު -- ފޮޓޯ: ފުލުހުން

ބަންދުގެ މުއްދަތު އިތުރުކުރި ފަސް ލަންކާ މީހުން: އެ މީހުން އަތުލައިގަތީ 468 ކިލޯގެ މަސްތުވާތަކެއްޗާ އެކު -- ފޮޓޯ: ފުލުހުން

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ލަންކާ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

އެ ފަސް މީހުންގެ ބަންދު ވެސް އިތުރު ކުރީ ފުލުމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށްފަހު އެވެ.

"ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި މީނާ ހުރި ބޯޓުން ފެނިފައިވުން، މީނާއަކީ މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި ބައިވެރިވުމެއް އޮތް ފަރާތެއް ކަމަށް ބެލެވޭތީ، މިފަދަ ފަރާތެއް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެނޭ،" ފަސް މީހުންގެ ބަންދު އަމުރުގައި ބަޔާން ކޮށްފައިވެ އެވެ.

ބަންދުކުރި ފަސް ލަންކާ މީހުން:

  1. ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21.
  2. މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރު، 22.
  3. ތަމޮދް ތިވަންގާ ދިލަކާވަ، 22.
  4. ލޮރެންސު ހޭވާގީ ސަރަތު، 56.
  5. ވިޖޭވަރު ގުނަރަތުނާ މަހާވިދޯމާ، 37.

ހދ. މަކުނުދޫ ބޭރުން "އަށެންގުތަ" ނަމަކަށް ކިޔާ އެ ބޯޓު ނޮވެމްބަރު 22، ގައި އަތުލައިގަތީ އެމްއެންޑީއެފްއިންނެވެ. ފުލުހުންނަށް އެ ބޯޓުން މަސްތުވާތަކެތި ފެނުނީ އެމްއެންޑީއެފްއިން މި ބޯޓު އަތުލައިގަތުމަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

އެ މަސް ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް އެ މަސްތުވާތަކެއްޗަކީ ރާއްޖޭގެ ޑްރަގު ނެޓުވޯކަކާ ގުޅިގެން އެތެރެ ކުރަން އުޅުނު ތަކެތި ކަން ކަށަވަރު ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox