ޖެނިފާއަށް ވަޒީފާ އަލުން ދިނުމާއި ބަދަލު ދިނުން ހައި ކޯޓުން ހުއްޓުވައިފި

އައިޝަތު ޖެނިފާ: އޭނާގެ ވަޒީފާ އިޔާދަކޮށް ބަދަލު ދިނުން ހައި ކޯޓުން ވަނީ އަންގާފައި -- ފޮޓޯ: އަދަދު ފައިލް

އައިޝަތު ޖެނިފާ: އޭނާގެ ވަޒީފާ އިޔާދަކޮށް ބަދަލު ދިނުން ހައި ކޯޓުން ވަނީ އަންގާފައި -- ފޮޓޯ: އަދަދު ފައިލް

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ އަހަރުގެ ޑިސެމްބަރު 28، ގައި ވަކި ކުރި އާއިޝަތު ޖެނިފާގެ ވަޒީފާ އިޔާދަކޮށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމި މައްސަލަ ހުއްޓުވަން ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުން ސޮއި ކުރައްވާ އެ އަމުރުނު ނެރުނީ އައިލެންޑް އެވިއޭޝަނުން އެދުނު ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، އެ މައްސަލަ ބަލާ ނިމެންދެން އަމުރު ތަންފީޒު ކުރަން މަޑު ޖައްސާލުމަށެވެ.

ޓްރައިބިއުނަލްއިން އައިލެންޑް އެވިއޭޝަންގެ މައްޗަށް ކުރި އަމުރު މިދިޔަ މަހު އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މިދިޔަ އޮކްޓޯބަރު 13، ގައި ޓްރައިބިއުނަލުން ނިންމީ ޖެނިފާ ވަޒީފާއިން ވަކިކުރީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ހުއްދަ ކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބުރަވެވެން ނެތް ކަމަށް ބުނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރު ކުރީ ޖެނިފާ ކުރިން އަދާ ކުރަމުން ދިޔަ ޑެޕިއުޓީ ޑީއެމްޑީގެ މަގާމަށް އަލުން ރުޖޫއަކޮށް، އޭނާއަކީ ވަޒީފާއިން ވަކިވި ފަރާތެއް ކަމަށް ނުބަލައި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް ހޭދަވި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

ޖެނިފާ ހުންނެވީ މަގާމުގެ ގޮތުން މުސާރަ އާއި އިނާޔަތްތަކާއެކު އޭނާއަށް މަހަކު 56،171ރ. ލިބެ އެވެ. އެހެންކަމުން ޖެނިފާ މަގާމުން ވަކި ކުރި ފަހުން ހިނގައިދިޔަ 10 މަސް ދުވަހަށްވާ 561،710ރ. އައިލެންޑް އޭވިއޭޝަނުން އޭނާއަށް ދޭންޖެހޭނެ އެވެ.

އޭގެ އިތުރުން ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ވެސް ޓްރައިބިއުނަލުން އެންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox