ހައި ކޯޓުން ޖޭއެސްސީއަށް އިންތިހާބު ކުރި ފަނޑިޔާރު މަގާމަށް އައްޔަނުނުކޮށް ސާޅީސް ދުވަސް

ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރި ފަނޑިޔާރު، ހަސަން ޝަފީއު -- ފޮޓޯ: ހައިކޯޓު

ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރި ފަނޑިޔާރު، ހަސަން ޝަފީއު -- ފޮޓޯ: ހައިކޯޓު

ދިވެހިރާއްޖޭގެ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީ އަށް އިންތިހާބުކުރި ފަނޑިޔާރު އެ މަގާމަށް އައްޔަނު ނުކޮށް ހުންނަތާ 44 ދުވަސް ފާއިތުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ 8، ގައި ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރީ އެ ކޯޓުގެ ފަނޑިޔާރު، ހަސަން ޝަފީއު އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާ އެ މަގާމަށް އައްޔަނުކޮށްފަ އެއް ނުވެ އެވެ.

ޖޭއެސްސީގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރު
  • ސުޕްރީމް ކޯޓުން އިންތިހާބުކުރާ ފަނޑިޔާރު
  • ދަށު ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރު
  • އާންމުން ތަމްސީލު ކުރާ މެންބަރު
  • ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެންބަރު
  • ބަންޑާރަނައިބު
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • ހައިކޯޓުން އިންތިހާބުކުރާ ފަނޑިޔާރު

ހައިކޯޓުން އިންތިހާބުކުރި ފަނޑިޔާރު ޖޭއެސްސީއަށް އައްޔަނުކޮށްފައި ނުވަނީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަޔާން ކޮށްފައި އޮންނަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުގެ މަތީން މެންބަރުން އިންތިހާބު ކުރުމުން އެ މަގާމަށް މީހުން އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox