މަގާމުން ވަކި ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ސީޒަން ބުނީ އިސްތިއުފާ ދިނީ ކަމަށް

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދިން އަލީ ސީޒަން (ކ): އޭނާ ބުނީ މަގާމުން ވަކި ކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދިން އަލީ ސީޒަން (ކ): އޭނާ ބުނީ މަގާމުން ވަކި ކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުން ވަކި ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އަލީ ސީޒަން ބުނީ އެ މަގާމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ސީޒަން ބުނީ ފަސްޓް ސެކްރެޓަރީގެ މަގާމުގައި ހުންނަން ބޭނުން ނުވާ ކަމަށް ބުނެ ހައި ކޮމިޝަނަށް ޑިސެމްބަރު 13، ގައި އިސްތިއުފާ ދީ މެއިލް ކުރިއިރު، އެ މެއިލްއަށް ހައިކޮމިޝަނުން ޑިސެމްބަރު 17، ގައި ޖަވާބުދީ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށެވެ.

"ޑިސެމްބަރު 13، ވަނަ ދުވަހު އޮންނާނީ ހައި ކޮމިޝަނަށާއި ފޮރިން މިނިސްޓްރީއަށާއި މެއިލް ކޮށްފައި އިތުރަށް ލަންކާގެ ހައި ކޮމިޝަންގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް. ހަމަ އެ ދުވަހު އެނުއަލް ލީވްއަށް ރިކުއެސްޓް ކުރީ،" އޭނާ ބުންޏެވެ.

އިސްތިއުފާގެ ސިޓީ ގަބޫލު ކުރީ ޗުއްޓީގައި ހުއްޓާކަން ފާހަގަކޮށް ސީޒަން ބުނީ ހުރިހާ ކަމެއް ހިނގައި ދިޔައީ ޗުއްޓީގައި ހުއްޓާ ކަމަށެވެ.

އިސްތިއުފާ ދިނުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ސީޒަން ބުނީ މަގާމުން އިސްތިއުފާ ދިނުމުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެހާ ބޮޑަށް އޭނާގެ އަގުވައްޓާލަން މަސައްކަތް ކުރާތީ ހައިރާން ވެފައި ހުރި ކަމަށެވެ.

"ސަރުކާރުގައި މަސައްކަތް ކުރަމުންދާ މީހެއް އިތުރަށް އެ މީހަކު އެ މަގާމުގައި މަސައްކަތް ކުރަން ބޭނުން ނުވުމަކީ އެއީ ފާފައެއް ކަމަށް ފީލްވާ ހިސާބަށް ކަންތައްތައް ގޮސްފައި މިއޮތީ. ސަރުކާރަށް ތާއީދު ކޮށްފައި ލިޔާ ނޫސްތަކާއި ސަރުކާރަށް ތާއީދު ކޮށްފައި ޓުވީޓު ކުރާ މީހުން އެހާ ވާހަކަތައް ހަދައިގެން، ޑޮކިއުމަންޓުގައި ސޮއިކުރީއޭ، މީހަކާ ޒުވާބު ކުރީއޭ، އައުގުރާނަ ގޮވީއޭ ކިޔައިގެން އަގުވައްޓާލައި އަބުރު ދުއްވާލުމުގެ ނިޔަތުގައި ސަރުކާރަށް ތާއީދު ކުރާ މީހުންތަކެއް މާ ބޮޑަށް ސޯޝަލް މީޑިއާގައި ދައްކަން ފެށީމަ އައި އެމް ލައިކް ސަޕްރައިޒްޑް،" ސީޒަން ބުންޏެވެ.

ސީޒަން ބުނީ މަގާމުގައި ހުންނަން ބޭނުން ނުވެ އިސްތިއުފާ ދޭން ބޭނުންވީ މަގާމުގައި ހުރެގެން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.

"މީހަކު ވަޒީފާއެއްގައި ހުރެފައި އެ ވަޒީފާގައި އިތުރަށް ހުންނަން ބޭނުން ނުވާނީ ދެން އެތަނުގައި ޖެނެރަލީ ބުނަންޏާ ހިތްހަމަ ނުޖެހުން ނޫނީ އިތުރަށް އެތަނުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތިގެންތާ،" އޭނާ ބުންޏެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ސީޒަން އައްޔަނު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox