"ޓޫރިޒަމް ފުނޑާލަން" އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ތުހުމަތުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު: ރާއްޖޭގެ ޓޫރިޒަމް ފުނޑާލަން އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ވަނީ ތުހުމަތު ކުރައްވާފައި -- ފޮޓޯ: ޕީއެންސީ

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު: ރާއްޖޭގެ ޓޫރިޒަމް ފުނޑާލަން އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ވަނީ ތުހުމަތު ކުރައްވާފައި -- ފޮޓޯ: ޕީއެންސީ

"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.

"މިއަދު އަޅުގަނޑު މި ދަންނަވަނީ ދެ މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށްޓަކައި ތައްޔާރުވެފައިވާ ހިނދު، މާދަމާ ނުން އަނެއް ދުވަހު، އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް،" ނިހާދު ވިދާޅުވި އެވެ.

Advertisement

"އިއްޒަތްތެރި ރައްޔިތުން. މިކަމަކީ ޓީމު ނުވަތަ އަށް ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަމުންދިޔަ މީހަކު އިސްވެ ހިންގާ ހަރަކާތެއް. މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑާލުމަށްޓަކައި މީގެ ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ."

އެ ޓެރަރިސްޓް ހަމަލާ އެމްޑީޕީން ދޭންއުޅެނީ ރާއްޖޭގެ ތިން ރިސޯޓަކަށް މިއަދު ހަވީރު އަރައިގެން ކަމަށް ތުހުމަތު ކުރައްވާ ނިހާދު ވިދާޅުވީ އެ ރިސޯޓަށް ބައްދަލުވުމަކަށް ދާން އެދުމުން ރިސޯޓުން އެކަމަށް ހުއްދަ ނުދިނުމުން ވެސް ގަދަ ބާރުން ރަށަށް އަރަން ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން މި އުޅެނީ އިންޓަނޭޝަނަލް ރިސޯޓުތަކަށް އަމާޒުކޮށްގެން ހިންގަން ރާވާފައިވާ ހަރަކާތެއްގެ ވާހަކަ. މި ދަންނަވާ ޖަމިއްޔާ، ލޭބާ ޔޫނިއަންއޭ ކިޔައިގެން އިތުރު ޔޫނިއަންތަކެއް އުފައްދައިގެން މި މީހުންނާ ބައިވެރިވާ ކުދި ބަޔަކު ތިއްބޭ ކިޔާފައި، މި މާލެ ކައިރީގައި އޮތް އެއް ފަޅެއްގެ ތެރޭގައި އޮތް ތިން ރިސޯޓު ހިންގާ ރިސޯޓަކަށް އެރުމަށް ރާވާފައި ވަނީ މާދަމާ ހަވީރު 4:00 ޖަހާއިރު. އެ ރަށުން، މި ވަގުތު އެ ރިސޯޓު ފުލްކޮށް އޮތީމާ އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެން ނެތް ވާހަކަ ރީތިކޮށް ވަނީ އަންގާފައި. އެހެންނަމަވެސް ލިޔުމުން އިންޒާރު ދީފައި ވަނީ ތިމަންނާމެން އެ ބައްދަލުވުން ބޭއްވުމަށްޓަކައި ތިރަށަށް އަރާނަމޭ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނިހާދު ވަނީ އެމްޑީޕީން ހިންގާ ޓޫރިޒަމަށް ގެއްލުންދޭ ހަރަކާތުގައި އެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މީހަކު ބައިވެރިވެ، އެއްބާރުލުން ނުދޭން ގޮވާލައިފަ އެވެ.

އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ މަޖިލިސް މެންބަރަކަށް ހުރެ ކުރިން ނިހާދު ވަނީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ދެ ބުރުގައި ވެސް މަސައްކަތް ކުރެއްވި ނީހާދު ޕީއެންސީއަށް ބަދަލުވީ އެ ޕާޓީއަށް ވެރިކަން ލިބުނު ފަހުންނެވެ.

އެގޮތުން މަޖިލީހުގެ ފަހު ދުވަސްތަކުގައި ޕީއެންސީގައި ހުރެ، އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެއާ އެކު، ގިނަ ބައެއްގެ ފާޑު ކިޔުން ނިހާދުއަށް އަމާޒުވި އެވެ.

ޕީއެންސީއަށް ނިހާދު ބަދަލުވީ ފައިސާގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާއެއް ދިނުމުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އަދި އެގޮތަށް އަޑު ފެތުރުނު ފަހުން އޭނާއަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox