ނިހާދުއަށް ރައްދު ދީ ޕީއެންސީން ބުނީ ޓޫރިޒަމަށް ގެއްލުން ލިބޭ ފަދަ ކަމެއް ސިޔާސީ ޕާޓީއަކުން ނުކުރާނެ ކަމަށް

ރިޔާސީ ކެމްޕޭނު ނިންމާލުމަށް ޕީއެންސީން މިދިޔަ އަހަރު ބޭއްވި ހިނގާލުމުގެ ތެރެއިން : އެ ޕާޓީން ބުނީ  ޓޫރިޒަމަށް ގެއްލުން ލިބޭފަދަ ކަމެއް އެމްޑީޕީން ނުކުރާނެ ކަމަށް --- ފޮޓޯ: އަދަދު

ރިޔާސީ ކެމްޕޭނު ނިންމާލުމަށް ޕީއެންސީން މިދިޔަ އަހަރު ބޭއްވި ހިނގާލުމުގެ ތެރެއިން : އެ ޕާޓީން ބުނީ ޓޫރިޒަމަށް ގެއްލުން ލިބޭފަދަ ކަމެއް އެމްޑީޕީން ނުކުރާނެ ކަމަށް --- ފޮޓޯ: އަދަދު

"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވުމާ ދެކޮޅަށް ސަރުކާރު ހިންގާ ޕީއެންސީ އިން ބަޔާނެއް ނެރެ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެފި އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ މަގާމުން ސަސްޕެންޑޮކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ އިމުން ބޭރުވާ ހާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމާމެދު ޝައްކުނުކުރާ ކަމަށެވެ.

"މި ޕާޓީން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިގުތިސޯދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.

އޭގެއިތުރުން، ފަތުރުވެރިކަމަށް ގެއްލުވާނެ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އަގު ވެއްޓޭނެ ފަދަ ކަންކަމުން ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުން ވެސް ދުރުވުމަށް ވެރިކަން ކުރާ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ރޭގެ ޖަލްސާގައި ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ނިހާދު ފާހަގަކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އިސްވެ ހުންނަވާ ޓީމުގެ އޮފިޝަލުން ރިސޯޓަކަށް 'އަރަން' އުޅޭ ވާހަކަ އެވެ. އެކަން ޕީއެންސީގެ ބަޔާނުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

މަޝްހޫރު ބްރޭންޑެއްގެ ރިސޯޓެއްގެ މުވައްޒަފުންނާ ބައްދަލުކުރަން ޓީމުން ނިންމާ އެކަން ރިސޯޓަށް އެންގިކަން މައުރޫފުވެސް ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ރިސޯޓުން ވަނީ ޓީމުގެ އޮފިޝަލުންނަށް އެ ފަރާތުގެ ޕްރޮޕަޓީއަށް ނޭރޭނެ ކަމަށް ބުނެފަ އެވެ.

ރިސޯޓުގެ އެންގުމާ ގުޅިގެން، ޓީމުން ގެންދަނީ ގަދަކަމުން އެ ރިސޯޓަށް އަރާ މުވައްޒަފުންނާ ބައްދަލުކުރަން ކަމަށާއި އެކަން ކުރާއިރު ރިސޯޓު ކައިރި މަސް ދޯނިތަކެއްގައި މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލަކު މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. ނަމަވެސް, މައުރޫފު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

މައުރޫފު ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި ތިބި މުވައްޒަފުންނަކީ ޓީމުގެ މެންބަރުންތަކެކެވެ. ޓީމަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެގެން ހިންގާ ޔޫނިއަނެއް ކަމަށާއި ޔޫނިއަނުގެ މެންބަރުންނާއި ވެރިންނަށް ބައްދަލުކުރުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަން އޭނާ ފާހަގަކުރި އެވެ.

ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މި އަހަރު ކުރީކޮޅު ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލާގައި ފަތުރުވެރިކަމަށް ލޮޅުންއެރި އެވެ. އޭގެތެރެއިން ދެ ނައިބުންނަކީ ޕީއެންސީގެ މެންބަރުންނެވެ. އެ ހާދިސާއާ ގުޅިގެން ޕާޓީން ބަޔާނެއް ނެރެފައި ނުވެ އެވެ.

މި ހާދިސާއަށްފަހު އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެ، މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި އިންޑިއާ މިހާރު އޮތީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox