ހަރަދު ކުޑަކުރަން އިއުލާންކޮށްފައި ވަނިކޮށް، ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި

މަޖިލިސް ރައީސް އަބްދުއްރަހީމް, ރައީސް މުއިއްޒު އަދި ނިހާދު ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވަނީ. --- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް ރައީސް އަބްދުއްރަހީމް, ރައީސް މުއިއްޒު އަދި ނިހާދު ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް އިއުލާނުކުރައްވާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިހާދު ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާއަކީ އެމްޑީޕީގެ ވެރިކަން ނިމުމާއެކު، އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު މަޖިލީހުގެ 13 މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 43,500ރ. ދައުލަތުގެ ބަޖެޓުން ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 522،000ރ. އެވެ.

ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަންކުރުން މަޑުޖައްސާލާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި، ފަސް މަސް ކުރިންވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އޭގެފަހުން އެތައް ސިޔާސީ މުވައްޒަފުންނެއް ވަނީ އައްޔަންކުރައްވާފަ އެވެ.

އެއަށްފަހު ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ ޖޫން 27، ގަ އެވެ. އެގޮތުން ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، ހާއްސަ މުނާސަބަތުތައް ފާހަގަކުރަން ކުރާ ހޭދަ މަދުކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ ދުވަހު ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ދަށްކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް, "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން އަންދާޒާ ކުރެވެނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ ގާތްކުރާ ކަމަށެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ ރަސްމީ ޖުމްލަ އަދަދެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox