ޓެރަރިސްޓު ހަމަލާގެ ތުހުމަތުކުރީ ޓީމުގެ ބައްދަލުވުމަކަށް

ރާއްޖޭގައި ހިންގާ ރިސޯޓެއް: ޓެރަރިސްޓު ހަމަލާގެ ތުހުމަތުކުރީ ޓީމުގެ ބައްދަލުވުމަކަށް --- ފޮޓޯ: އަދަދު

ރާއްޖޭގައި ހިންގާ ރިސޯޓެއް: ޓެރަރިސްޓު ހަމަލާގެ ތުހުމަތުކުރީ ޓީމުގެ ބައްދަލުވުމަކަށް --- ފޮޓޯ: އަދަދު

"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ރޭ ވިދާޅުވީ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރިސޯޓެއްގެ މުވައްޒަފުންނާއެކު ބާއްވަން އުޅޭ ބައްދަލުވުމަކަށް ކަން އެނގިއްޖެ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ މަގާމުން ސަސްޕެންޑޮކޮށްފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ، ނިހާދު ފާހަގަކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އިސްވެ ހުންނަވާ ޓީމުގެ އޮފިޝަލުން ރިސޯޓަކަށް 'އަރަން' އުޅޭ ވާހަކަ ކަމަށެވެ.

މަޝްހޫރު ބްރޭންޑެއްގެ ރިސޯޓެއްގެ މުވައްޒަފުންނާ ބައްދަލުކުރަން ޓީމުން ނިންމާ އެކަން ރިސޯޓަށް އެންގިކަން މައުރޫފުވެސް ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ރިސޯޓުން ވަނީ ޓީމުގެ އޮފިޝަލުންނަށް އެ ފަރާތުގެ ޕްރޮޕަޓީއަށް ނޭރޭނެ ކަމަށް ބުނެފަ އެވެ.

ރިސޯޓުގެ އެންގުމާ ގުޅިގެން، ޓީމުން ގެންދަނީ ގަދަކަމުން އެ ރިސޯޓަށް އަރާ މުވައްޒަފުންނާ ބައްދަލުކުރަން ކަމަށާއި އެކަން ކުރާއިރު ރިސޯޓު ކައިރި މަސް ދޯނިތަކެއްގައި މުޒާހަރާ ކުރަން ރާވާފައިވާ ކަމަށްވެސް ސަރުކާރުގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް މައުރޫފު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

"އަހަރުމެން ވިސްނައިގެން މި ތިބީ ރިސޯޓަށް ދާންވެގެން މިއަދު. ލޯންޗެއްގަ ނަމަވެސް ގޮއްސަ މުވައްޒަފުންނާ ބައްދަލުކުރަން މަސައްކަތް ކުރަން. ދެން އެމީހުން އެކަމަށް ފުރުސަތު ނުދީފިއްޔާ އެއީ އެމީހުން ގާނޫނާ ހިލާފުވީތާ،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި ތިބި މުވައްޒަފުންނަކީ ޓީމުގެ މެންބަރުންތަކެކެވެ. ޓީމަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެގެން ހިންގާ ޔޫނިއަނެއް ކަމަށާއި ޔޫނިއަނުގެ މެންބަރުންނާއި ވެރިންނަށް ބައްދަލުކުރުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަން އޭނާ ފާހަގަކުރި އެވެ.

"ހުއްދަ ވެސް ނެތި ބައްދަލުކުރެވޭ ގޮތަށް ގާނޫނުގަ އޮންނާނީ. އެހެންވީ އަހަރުމެން ރިކުއެސްޓުކުރީ ގާނޫނުގެ ދަށުން އަހަރުމެންގެ މެންބަރުންނާ އެމީހުންގެ އޮފް ޑިއުޓީގަ. އޮޕަރޭޝަނަށް އެއްވެސް ވަރަކަށް އުނދަގޫ ނުވާގޮތަށް އެމީހުންގެ ސްޓާފު އައިލެންޑުގަ ބައްދަލުކުރަން،" މަސައްކަތްތެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ މައުރޫފު ފޯނުން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުގެ އޮފިޝަލު ވަނީ އެއްވެސް ބައެއްގެ އަމިއްލަ ސަރަހައްދަށް ހުއްދަ ނެތި އެހެން ބަޔަކަށް ނުވަދެވޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ. ނަމަވެސް މިކަމުގައި ތަންފީޒީ އެއްވެސް ހިދުމަތަކުން ފިޔަވަޅެއް އަޅާނެ ކަމެއް ނޭނގެ އެވެ.

ނިހާދުގެ ވާހަކައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ ވާހަކަތައް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންނާއި ނިހާދުގެވެސް ބަހެއް ނުލިބެ އެވެ. މި ނޫހުން ތަކުރާރުކޮށް ގުޅުމުންވެސް ނިހާދު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox