މާލޭ ގަލޮޅު ގެއެއް ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަލޮޅު ގޭގެ ތެރޭގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓެއް ހަވީރު 5:02 ހާއިރު ލިބުނު ކަމަށެވެ.
އެގޮތުން އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ ގ. ފްރެސް ލައިޓް، އަލީ ރަޝީދު 35 އެވެ. އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.












