ވިނަރެސް ފްލެޓު ގަތް ފުލުހުންގެ މައްސަލައެއް އޮތްތޯ ބަލަނީ

ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއައިބު : ރަޖުނީ ހިމެނޭހެން ވިނަރެސް ފުލެޓު ލިސްޓުގައި ނަން އޮތް ފުލުހުންގެ މައްސަލަ ބަލަން ވަނީ ފަށާފަ --- ފޮޓޯ: ހަތާވީސް

ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއައިބު : ރަޖުނީ ހިމެނޭހެން ވިނަރެސް ފުލެޓު ލިސްޓުގައި ނަން އޮތް ފުލުހުންގެ މައްސަލަ ބަލަން ވަނީ ފަށާފަ --- ފޮޓޯ: ހަތާވީސް

ވިނަރެސްއިން ފްލެޓު ގަތް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު އާއި އެހެން ފުލުހުން އެ ފްލެޓު ގަތުމުގައި ގޯހުން ކަމެއް ކޮށްފައިވޭތޯ ބަލަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީ އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއިއިބާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ،" ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

Advertisement

ރަޖުނީގެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އިއްޔެ ލީކުކޮށްލި ވިނަރެސް ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. އެ ފުލުހުން ފްލެޓު ގަތުގައި އުސޫލާ ހިލާފުން ކަމެއް ކޮށްފައިވޭތޯ، ފުލުހުން ބަލަމުންދާ ކަމަށް އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ބުނެފައިވާ ގޮތުން، ވިނަރެސްއިން ފްލެޓު ދޫކުރަން ކަނޑައެޅި އެންމެންނަށް ފްލެޓު ދޫކޮށް، ބާކީ 123 ފްލެޓެއް ހުއްޓެވެ. އެހެންވެ، އެ ފްލެޓުތައް ވިއްކަން ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުންނާއި އެޗްޑީސީގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުން ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި އެފަދަ ފަރާތްތަކާ ގުޅުން އޮތް މީހުންނަށް ވިނަރެސްއިން ފްލެޓު ވިއްކި އެވެ. ބައެއް ފްލެޓުތައް ވިއްކީ ކަޓުގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ނަގައިގެންކަން ބައެއް މީހުން މި ނޫހަށް ކިޔައި ދީފައިވެ އެވެ.

އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.

ގޯތި ވައްކަމުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox