ހައުސިން މިނިސްޓްރީގެ 10 ސިޔާސީ މުވައްޒަފެއް ސަސްޕެންޑުކޮށްފި

ހައުސިން މިނިސްޓްރީގެ 10 ސިޔާސީ މުވައްޒަފެއް ސަސްޕެންޑުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން މިނިސްޓްރީ 10 ސިޔާސީ މުވައްޒަފެއް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފި އެވެ.

އެކަން ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް، އިތުބާރު ކުރެވޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސަސްޕެންޑުކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުންތަކެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީން ފަށާފައި ވާއިރު، ޕާސްޕޯޓު ހިފަހައްޓާފައިވާ 20 މީހުންގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު) އެޗްޑީސީ ބޮޑުގައި ވެސް ހިމެނެ އެވެ. އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ބޯޑުގައި ހިމެނޭ މެންބަރުންނާއި ކުންފުނީގެ ފަސް މުވައްޒަފަކު އަދި އެމްޑަބްލިޔޫއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ފަޒީލް ރަޝީދު ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި މިހާރު ހިންގަމުންދާ ތަހުގީގާ ގުޅިގެން އެޗްޑީސީގެ އައިޓީ ހެޑް އަބްދުالله ޝުހޫދު, ޑެޕިއުޓީ އައިޓީ ހެޑް މުހައްމަދު ސަލީމް, ޗިފް ބިޒްނަސް އޮފިސާ އަހުމަދު ޔާމީންގެ އިތުރުން ޗީފް ފައިނޭންޝަލް އޮފިސާ އަބްދުالله ފާއިދު އަދި އެސްޓޭޓުގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އެޗްޑީސީގެ ސީއެފްއޯއަކަށް ހުންނެވި ފާއިދު ވަކިކުރަން ވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީއަށް އަންގާފަ އެވެ. އެއީ އެ މަގާމަށް އޭނާގެ ޝަރުތު ހަމަނުވާތީ އެވެ.

ގޯތިތަކުގެ މައްސަލަ ފުރަތަމަ ފެންމަތިވީ ޖުލައި މަހު އެވެ. ދެ މީހަކަށް އެއް ބިމެއް ދީފައި އޮތްކަން އެނގިގެން އެކަމުގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރި އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގީ އިދާރާއަކަށް ހުށަހައެއް ނާޅަ އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި މި ހަފުތާގައި ތިލަވުމާއެކު ފުލުހުންނާއި އޭސީސީން ތަހުގީގު ތަހުގީގު ފެށި އެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ޖިނާއި ތުހުމަތެއް އަދި ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox