ފަޒުލްއަށް މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން

ފަޒުލްއަށް މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ މީހުންނަށް ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލަ ތިލަވުމާއެކު ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު ފުލުހުންގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. މިހާތަނަށް ތަހުގީގުގައި ހަ މީހަކާ ސުވާލުކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

"ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. އެހެން ނަމަވެސް ތަހުގީގު ދާ ވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ކަމަށްވާނަމަ އެ ފަރާތަކާ ސުވާލުކޮށް ތުހުމަތު އިއްވާނަން," ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

މައްސަލައިގެ ތުހުމަތުވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިހާތަނަށް އެފަދަ އެއްވެސް އަމުރެއް ނެރެފައި ނުވެ އެވެ.

މި މައްސަލައިގެ ތެރެއިން އެންމެ ބޮޑު ތުހުމަތެއް އަމާޒު ވަނީ ފަޒުލްއަށެވެ. ސަބަބަކީ އާންމުވީ ލިޔެކިޔުންތަކުގެ ތެރޭގައި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދުގެ ބިމެއް އޮތް ކަމަށް ބުނެ ވަށާ ފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާތީ އެވެ.

ވަށާ ފާރު ރޭނުމުގެ ހުއްދަ ނުދޭ ކަމަށް ފަޒުލް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މި މައްސަލައިގައި ހިމެނޭ ލޮޓް ނަމްބަރުގައި ވަށާ ފާރު ރާނާފައި ހުރި ކަން "އަދަދު" ގެ ނޫސްވެރިން ވަނީ ކަށަވަރުކޮށްފަ އެވެ.

ވަގަށް ގޯތި ވިއްކި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެޗްޑީސީއަށް ވަދެފަ އެވެ. ފުލުހުން މި މައްސަލަ ބަލަމުން ދަނީ ފޯޖުކޮށްފައި ހުރި ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭތީ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox