ގޯތި ވައްކަން: ފުލުހުން ބުނަނީ ތަހުގީގުގައި ސުވާލު ކުރި މީހުން ބުނީ އެއްބަސްވުންތައް ދިނީ ކުރީ ސަރުކާރުން ކަމަށް

ފުލުުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސުވާލު ކުރި ހުރިހާ ފަރާތަކުން ބުނީ ޑޮކިއުމެންޓުތައް ދިނީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ފުލުުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސުވާލު ކުރި ހުރިހާ ފަރާތަކުން ބުނީ ޑޮކިއުމެންޓުތައް ދިނީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ މީހުންނަށް ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރި ފަރާތަކުން ބުނީ ސުވާލު ކުރި ހުރިހާ ފަރާތަކުން ވެސް ތަހުގީގުގައި ބުނީ ޑޮކިއުމެންޓުތައް ދިނީ ކުރީ ސަރުކާރުން ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުން ނޫސްވެރިންނަށް ދިން ބައްދަލުވުމުގައި އަބްދުﷲ ޝަރީފް ވިދާޅުވީ ތަހުގީގަށް ލިބިފައިވާ ހައުސިން މިނިސްޓްރީގެ ލިޔުންތަކާ ގުޅިގެން، ލިޔުން ލިބުނު ފަރާތްތަކާ ސުވާލު ކުރުމުން އެ ލިޔުންތަކަކީ ކުރީ ސަރުކާރުން ދީފައިވާ ލިޔުންތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްކަން ކަށަވަރު ނުވާއިރު، އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

Advertisement

"މިހާ ހިސާބަށް ކުރި ތަހުގީގުން އަޅުގަނޑުމެންނަށް މި އެނގުނީ އަޅުގަނޑުމެން އަތަށް މިހާރު މި ލިބިފައި ހުރި ޑޮކިއުމަންޓްތަކާ ބެހޭ ގޮތުން ސުވާލު ކުރި މީހުން ބުނެފައިވާ ވާހަކަތަކަށް ބިނާކޮށްފައި. އަޅުގަނޑުމެން މި ހިސާބަށް ސުވާލުކުރި ހުރިހާ ފަރާތްތަކުން ވެސް ތަހުގީގުގައި ބުނެފައި ވަނީ މި ޑޮކިއުމަންޓްތަކަކީ މިދިޔަ ސަރުކާރުގައި އެ ބޭފުޅުންނަށް ހަވާލުކުރި ޑޮކިއުމަންޓްތަކެކޭ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ނުބުނަން މި ޑޮކިއުމަންޓްތަކަކީ ސައްހަ އެއްޗެކޭ ވެސް. އެކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިއީ އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ނަމުގައި ހަދާފައި ހުރި ޑޮކިއުމަންޓްތަކެއް މި ޑޮކިއުމަންޓްތަކަކީ."

އަބްދުﷲ ޝަރީފް ވިދާޅުވީ މައްސަލައާ ގުޅިގެން އެޗްޑިސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އިބްރާހިމް ފަޒީލް ރަޝީދުއާ ސުވާލު ކުރުމުން އޭނާއަށް ގޯތި ލިބުނު ކަމުގެ ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން ފަޒީލްއާ ސުވާލު ކުރުމުން އޭނާއަށް މިދިޔަ ސަރުކާރުގައި ގޯތި ނުލިބުމުން، އެކަމާ ގުޅިގެން ކުރީގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ބައްދަލު ކުރި ކަމަށް ވެސް ބުނެފައިވާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކަށް ތުހުމަތުތަކެއް ކުރެވި، ގޯހެއް ހަދާފައިވާ ކަމަށް ވެސް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތެއް މީގައި ޝާމިލުވާ ކަމަކަށް ނުވަތަ ގޯހެއް ހާދަފައި އޮތް ކަމަކަށް އަޅުގަނޑުމެން ނުދަންނަވަން. އަޅުގަނޑުމެން މި ބަލަނީ މި ޑޮކިއުމަންޓްތަކަކީ ސައްހަ ޑޮކިއުމަންޓްތަކެއްތޯ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ އިތުރުން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox