ރެއާލުން އިންޓަކޮންޓިނެންޓަލް ކަޕް ޗެމްޕިއަންކަން ހޯދައިފި

Dec 18, 2024, 7:26 PM
ރެއާލުން އިންޓަކޮންޓިނެންޓަލް ކަޕް ޗެމްޕިއަންކަން ހޯދައިފި

ދޯހާ، ގަތަރު (ޑިސެމްބަރު 19) - މެކްސިކޯގެ ޕަޗޫކާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި އެވެ.

ފީފާ އިން މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް މި ފަހަރު ވަނީ އިންޓަކޮންޓިނެންޓަލް ކަޕަށް ބަދަލުކޮށްފަ އެވެ. އެއީ، އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް 32 ޓީމާ އެކު، ފަށަން ނިންމާފައި އޮތުމުންނެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލަށް ރެއާލުން ނުކުތްއިރު ހިތްހަަމަޖެހުމަކީ، ކީލިއަން އެމްބާޕޭ ފިޓްވުމުގެ އިތުރުން، ރޭ ފީފާ ބެސްޓް އެވޯޑްސް އިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިނީޝިއުސް ޖޫނިއާ ރަނގަޅު ފޯމެއްގައި ހުރުމުންނެވެ.

ފުރަތަމަ ހާފުގައި ރެއާލުން ލީޑުނެގީ އެމްބާޕޭ ޖެހި ގޯލުންނެވެ. ރެއާލާ ގުޅުނު ފަހުން އެމްބާޕޭ ކުޅުނު ދެ ފައިނަލުގައި ވެސް ލަނޑު ޖެހި އެވެ. އެ ގޮތުން، ކުރިން ވަނީ ޔުއެފާ ސުޕަ ކަޕްގައި އެޓަލަންޓާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން، އަށް މިނިޓް ތެރޭ ރޮޑްރީގޯ ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ، އޭރިއާ ރޮނގުކައިރީ ހުރެފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ރޮޑްރީގޯ ޖެހި ގޯލެކެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ވިނީޝިއުސް ވަނީ ޕެނަލްޓީ އަކުން ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ރެއާލްގެ ލޫކަސް ވަޒްކޭޒަށް ޕަޗޫކާގެ އޭރިއާތެެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފީފާ އިން ނިންމާފައިވަނީ، އިންޓަކޮންޓިނެންޓަލް ކަޕް ކޮންމެ އަހަރެއްގައި ބާއްވާއިރު، ފަސް ބައްރުގެ ޗެމްޕިއަނުން ކުޅޭ ފޯމެޓަށް މި މުބާރާތް ގެންދިއުމަށެެވެ. އެހެންކަމުން، މި ތަށި އެންމެ ފުރަތަަމަ މި ހޯދީ ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް ރެއާލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox