މާލޭގެ މެޕިން އަލިފާނުގައި އެނދުމުން ޑްރޯން ބޭނުންކޮށްގެން އަލުން މެޕު ކުރަން ފަށައިފި

ހައުސިން މިނިސްޓްރީގެ ޑްރޯންއިން ނަގާފައިވާ ޝޮޓެއް: ކުރިން ނަގާފައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިފައިވާ ކަމަށް ހައުސިންއިން ބުނި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގެ ޑްރޯންއިން ނަގާފައިވާ ޝޮޓެއް: ކުރިން ނަގާފައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިފައިވާ ކަމަށް ހައުސިންއިން ބުނި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ބުރާސްފަތި ދުވަހު ރޯވި އަލިފާނުގައި މާލޭގެ މެޕިންގެ މުހިންމު ބައެއް އިމޭޖުތައް ގެއްލިފައިވާތީ ޑްރޯން ބޭނުން ކޮށްގެން މާލެ ސަރަހައްދު އަލުން މެޕް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހު ރޯވި އަލިފާނުގައި ގެއްލިގެންދިޔަ ޑޭޓާތައް އަލުން އެއްކޮށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގެ މެޕިންގެ މަސައްކަތް ކުރަމުން ދަނީ އެ މަސައްކަތުގެ ތެރެއިން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ހައުސިން މިނިސްޓްރީން ހިއްސާކުރި އެވެ.

ބުރާސްފަތި ދުވަހު ރޯވި އަލިފާނުގައި ހައުސިން މިނިސްޓްރީގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހުރި އިމާރާތްތައް އަނދައި މިނިސްޓްރީތަކުގެ މަސައްކަތް ހުއްޓުމަކަށް އައެވެ. އޭގެއިތުުރުން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މާލޭ ރަށްވެހިންގެ ރެޖިސްޓްރީ އާއި ބާތު ސެޓްފިކެޓް ފަދަ ލިޔުންތައް ބަލަހައްޓާ ސިޓީ ކައުންސިލްގެ އިމާރާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ.

މި ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި މުހިންމު ބައެއް މައުލޫމާތުތައް އެއްކޮށް ނެތިގޮސްފައިވާއިރު، ޑިޖިޓަލްކޮށް ހުރި މައުލޫމާތުގެ ތެރެއިން ބެކަޕެއް ނެތް ހުރިހާ މައުލޫމާތެއް ވެސް ވަނީ ނެތިގެން ގޮސްފަ އެވެ.

އެ ގޮތުން ހައުސިން މިނިސްޓްރީއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ދެއްވަމުން މިދިޔަ ހުކުރު ދުވަހު މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވީ އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ، ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ، ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ، އެހެންވެއްޖެ ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް، އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެދިޔައީ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްްރީގެ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއް މައުލޫމާތު ވެސް ހުންނާނީ އެ ސާވާގައި ކަމަށެވެ. އެ ސާވާއަށް އެކްސެސް ނުލިބިއްޖެ ނަމަ ދެން އެ މައުލޫމާތުތައް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަދި އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ހަމަ ރައްކާ ކުރެވިފައި ހުންނާނީ ސާވާގައި، އެ ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ، ދެން ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި ދިޔައީ،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު އެހެން ވިދާޅުވި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ބައެއް ޑޭޓާތައް އެބަހުރި ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ރައްކާތެރިކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox