އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ފުލުހުންނާއި އިންޓެގްރިޓީގައި އެމްޑީޕީން އެދެނީ

ްއެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ފުލުހުންނާއި އިންޓެގްރިޓީގައި އެމްޑީޕީން އެދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ްއެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ފުލުހުންނާއި އިންޓެގްރިޓީގައި އެމްޑީޕީން އެދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް އަނދާ އަޅިއަށްވި އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ފުލުހުންނާއި އިންޓެގްރިޓީ ކޮމިޝަނުގައި އެމްޑީޕީން ހުށަހަަޅަން ނިންމައިފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ މައްސަލައެއް ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް އެކަން ހިނގި ގޮތް ދެނެ ގަންނަން ސިފައިންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ އިދާރާގައި އެދި ސިޓީއެއް ފޮނުވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި ހާދިސާގައި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ފެނޭ. އެކަމަށް އެދި އަޅުގަނޑުމެން ފުލުހުންނަށް ރިކުއެސްޓެއް އެބަ ކުރަން ޖިނާއީ މައްސަލައެއް ގޮތުގައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ހާދިސާ ހިނގާފައި ވަނީ ކިހިނެއްތޯ ހޯދުމާ އެކީގައި. އަދި އޭގައި ސިފައިންގެ އެހީތެރިކަމަށް އެދުމާއި ސިފައިން ބައިވެރި ކުރުން އެއީ ވެސް އަޅުގަނޑުމެން އެދޭ ކަމެއް،" މަހުފޫޒް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އިހުމާލުގެ އަމަލުތައް ފާހަަގަ ކުރެވޭތީ އެކަން ބަލައި ދިނުމަށް އިންޓަގްރިޓީ ކޮމިޝަންގައި އެދޭނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

މަހްފޫޒް ވިދާޅުވީ އަލިފާނުގެ ހާދިސާގައި މިނިސްޓްރީތަކުން ގެއްލުނު ލިޔުންތަކަކީ އަރުޝީފުގެ ގާނޫނުގެ ދަށުން އަރުޝީފު ކުރެވިފައި ހުރި ތަކެތިތޯ ބެލުމަށް އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން ވެސް އެދޭނެ ކަމަށެވެ.

"މިނިސްޓަރު ފާހަގަ ކުރެއްވީ މިނިސްޓްރީން މިހާރު ފައްޓަވާފައި ހުރި މަޝްރޫއުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް. އެ ލިޔުންތަކަކީ އެއީ މި މާއްދާ ބަޔާންކުރާ ގޮތުން އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް. އެހެންވީމަ އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް އަރުޝީފު ނުކޮށް ހުރީތޯ ނޫނީ، އަރުޝީފު ކުރެވިފައި ހުއްޓާ އޭގެ ނަކަލުތައް ގެއްލިގެން ދިޔައީތޯ މިކަންކަން ބަލައި ތަހުގީގު ކުރުމަށް އަޅުގަނޑުމެން އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން އެދޭނަން،" މަހްފޫޒް ވިދާޅުވި އެވެ.

އޭގެއިތުރުން މަހްފޫޒް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދެވުމަށް ސަރުކާރުން ނިންމިއިރު، ހާދިސާ ހިނގި ސީން ރޫޅާލައި އެތަން ސާފު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމަކަށްވާނަމަ، އެތަން ސާފު ކުރުމަކީ ހެކި ނައްތާލުމުގެ އަމަލެއް ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވާ ކަމަށް މަހްފޫޒް ފާހަގަ ކުރެއްވި އެވެ.

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި އަޅިއަށްވީ ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އެވެ. އެ ތިން ތަނުގެ ހިދުމަތްތައް ދަރުބާރުގޭގައި އަލުން ވަނީ ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox