މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މާލެއިން އައްޑޫއަށް ވައިގެ މަގުން މަސްތުވާތަކެތި ގެންދަން ފުރަން ގޮސް ހުއްޓާ އޮގަސްޓު މަހު އަތުލައިގަތް މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި އޮގަސްޓު 7، ގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ގދ. މަޑަވެލި، އުދަރެސް، ސަހާ ވަހީދު، 30، އެވެ. އޭނާ ފުރަންގޮސް ހުރީ މޫނުބުރުގާ އަޅައިގެންނެވެ.

ފުލުހުންނާ ހަވާލާދީ ކޯޓު ހުކުމުގައި ބުނެފައިވާ ގޮތު ގޮތުގައި ފުރަން ގޮސް ހުއްޓާ ސަހާ ހުއްޓުވާ ބަލާފާސްކުރުމުން އޭނާ ލައިގެން ހުރި ޖިންސާއި އުނަގަނޑާ ދޭތެރެއިން 202 ގުރާމުގެ ޑައިމޯފިން އަޅާފައިހުރި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށެވެ.

ހައްޔަރާއެކު ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރަމުންގޮސް ހުކުމް ކުރުމާ ހަމައަށްވެސް އޭނާ ހުރީ ބަންދުގަ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން މި މައްސަލާގައި އޭނާ ކުރިއަށްދިޔައީ ވަކީލެއްގެ އެހީތެރިކަމަކާ ނުލަ އެވެ.

އަދި، މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް އެއްބަސްވެ ސަހާ ވަނީ ގާނޫނުގައި ބުނާ 25 އަހަރުގެ ޖަލު ހުކުމް ލުއިވާނެހެން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ސަހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ އިއްވާފައިވަނީ 12 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ. އަދި އަހަރެއްތެރޭ ދައްކަން ޝަރުތުކޮށް އޭނާގެ ވަނީ 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ހައްޔަރަށްފަހު ބަންދުގައި ހުރި މުއްދަތު މި ޖަލު ހުކުމުން އުނިކުރުމަށްވެސް ގާޒީ ވަނީ ހުކުމްކޮށްފަ އެވެ. އެހެންކަމުން ޝަރީއަތް ނިމެން ނެގި ހަތަރު މަހާއި ތިން ދުވަސް ޖަލު ހުކުމުން ވަނީ އުނިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox