މި އަހަރުގެ ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްކުރަން ބާކީ 80،000

ދިއްފުށީގައި ހުންނަ ސްޓޯން ހޮޓަލުގައި ފަތުރުވެރިންތަކެއް ވަގުތު ހޭދަކޮށްލަނީ : މި އަހަރުގެ ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްކުރަން ބާކީ އޮތީ 80،000 --- ފޮޓޯ: ސްޓޯން ހޮޓެލްސް

ދިއްފުށީގައި ހުންނަ ސްޓޯން ހޮޓަލުގައި ފަތުރުވެރިންތަކެއް ވަގުތު ހޭދަކޮށްލަނީ : މި އަހަރުގެ ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްކުރަން ބާކީ އޮތީ 80،000 --- ފޮޓޯ: ސްޓޯން ހޮޓެލްސް

މި އަހަރަށް ސަރުކާރުން ކަނޑައެޅި ދެ މިލިއަން ފަތުރުވެރިންގެ ޓާގެޓަށް ވާސިލްވުމަށް ބާކީ 80،000 އާ ހަމައަށް ގޮސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ރާއްޖެ އައިސްފައިވަނީ 1.92 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާނަމަ 8.9 އިންސައްތައިގެ އިތުރުވުކެވެ.

ޑިސެމްބަރު މަހުގެ ކުރީކޮޅު ފަތުރުވެރިން އަންނަ މިންވަރު މަދުވެ، މި މަހުގެ ފުރަތަމަ ނުވަ ދުވަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުވި ނަމަވެސް މިހާރު އެ ނަމްބަރުތައް ވަނީ އިތުރުވެފަ އެވެ. މި މަހު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މި މުއްދަތާ އަޅާބަލާއިރު އުޅެނީ 3.3 އިންސައްތަ ކުރީގަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ ބާކީ އޮތް 16 ދުވަހުގެ ތެރޭގައި ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލުކުރުމަށް އަންނަން ޖެހެނީ 80،000 އެއްހާ ފަތުރުވެރިންނެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ފަތުރުވެރިންނެވެ.

މި މަހު ދުވާލަކަށް އެވްރެޖުކޮށް 5،690 ފަތުރުވެރިން އަންނަމުންދާއިރު މަހުގެ ފަހުކޮޅު އަންނަ ފެސްޓިވް ސީޒަނާއެކު ފަހު ހަފުތާގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބެލެވެ އެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 257،794 ފަތުރުވެރިން އައިސްފައިވާއިރު މިއީ 77،270 މީހުންގެ އިތުރުވުމެކެވެ.

އެންމެބޮޑު ވެއްޓުމެއް ފެނިގެންގޮސްފައިވަނީ އިންޑިއާ މާކެޓުންނެވެ. އެއީ 72،203 މީހުންގެ މަދުވުމެކެވެ. މި ވެއްޓުމުން އަރައިގަތުމަށް ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތް ކޮށްފައިވެ އެވެ. އެ މަސައްކަތްތަކާއެކު އަހަރުގެ ފަހުކޮޅު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox