ގިނަ ކުޅުންތެރިންތަކެއް ކޯޗިން ކެރިއަރު ރަސްމީކޮށް ފެށުމާ ދިމާލަށް

Dec 14, 2024, 2:49 AM
އެފްއޭއެމް އާއި ޔުނައިޓެޑް ވިކްޓަރީ ގުޅިގެން ކުރިއަށްގެންދާ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެފްއޭއެމް އާއި ޔުނައިޓެޑް ވިކްޓަރީ ގުޅިގެން ކުރިއަށްގެންދާ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގުޅިގެން، މިހާރު ކުރިއަށްގެންދާ އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯހުގައި މިހާރު ވެސް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

އެ ގޮތުން، ޖުމްލަ، 26 ފަރާތަކުން ބައިވެރިވާ މި ކޯޗިން ކޯހުގައި ކިޔަވައިދެނީ އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

މީގެ އިތުރުން، ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރި އަހުމަދު ޝަރީފް (ޑުންގާ) އާއި ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ބައެއް ސެޝަންތައް ނަގައިދިނުމުގައި ބައިވެރިވެ އެވެ.

އެފްއޭއެމް އިން ކުރިއަށްގެންދާ އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކޯހުގެ ބައިވެރިންނަށް ބަލާއިރު، މި ވަގުތު ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަމުން އަންނަ، ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު، އަކުރަމް އަބްދުލް ގަނީ (އަކޫ)، މުހައްމަދު އުމެއިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަށް ކުޅެފައިވާ، ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)، ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުުޅުނު އަލީ އިމްރާން އަދި ޒުވާން ގައުމީ ޓީމަށް ކުޅެ، އެސްޕަޔާ އެކަޑަމީގައި ވެސް ކޯޗިން މަސައްކަތްކުރަމުން އަންނަ ޒުވާން މިޑްފީލްޑަރު، މުހައްމަދު ޔަޒްދާން ހުސެއިން ހިމެނެ އެެވެ.

މީގެ އިތުރުން، ލެޖެންޑުންނަށް ބަލާއިރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ކ. ހުރާގެ އަލީ ޝިހާމް (އައްޔަ) އާއި ހުރާ ޓީމުން ފާހަގަވި، އަތީފް އަހުމަދު ވެސް ހިމެނެ އެވެ.

މި ކޯހުގައި ނޭޕާލުގެ އާދިތުޔާ ކާކީ އާއި ސްޕެއިނުގެ އެންހެލް މުނޯޒް ވެސް ބައިވެރިވެ އެވެ. މުނޯޒް އަކީ ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އެފްއޭއެމް އިން ކުރިއަށްގެންދާ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox