އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި އެވޯޑު ފަސްކޮށްފި

މީގެ ކުރިން ކުރިއަށް ގެންދިޔަ ރެހެންދި އެވޯޑު ހަފުލާގެ ތެރެއިން -- ފޮޓޯ: ފައިލް

މީގެ ކުރިން ކުރިއަށް ގެންދިޔަ ރެހެންދި އެވޯޑު ހަފުލާގެ ތެރެއިން -- ފޮޓޯ: ފައިލް

މި އަންނަ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަން ނިންމާފައި އޮތް ރެހެންދި އެވޯޑު އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ފަސްކޮށްފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހަފުލާ ބާއްވާނެ ދުވަހެއް އެ ހަފުލާއަށް ދައުވަތު ދިން މީހުންނަށް ފަހުން އަންގާނެ ކަމަށެވެ.

ރެހެންދި އެވޯޑު ފަސްކޮށްފައި މިވަނީ، އެ އެވޯޑު ހަފުލާ ބާއްވަން ނިންމާފައި އޮތް ދަރުބާރުގެއަށް އިއްޔެ އަނދައިގެންދިޔަ ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ބަދަލު ކުރުމާ ގުޅިގެންނެވެ.

ސަރުކާރުން މަަސައްކަތް ކުރަނީ އަންނަ ހަފުތާގެ ރަސްމީ ދުވަސްތައް ފެށެންވާއިރަށް ދަރުބާރުގޭގައި ވަގުތީ އޮފީސް ސެޓަޕްތައް ގާއިމުކޮށް އަލުން މަސައްކަތް ފެށުމަށް ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓު މިނިސްޓްރީ ވަނީ އަނދައިގެން ގޮސްފަ އެވެ. އެއާއެކު އެ ތިން މިނިސްޓްރީގެ އިތުރުން، ސިޓީ ކައުންސިލުގެ ވައިޓަލްސްގެ ހިދުމަތްދޭ ޑިޕާޓްމެންޓާއި އެންވަރެމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ހިންގުން ވެސް ވަނީ ހުއްޓިފަ އެވެ.

ދަރުބާރުގޭގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް މަސްވެރިންގެ ދުވަހުގެ ޖަލްސާ ވެސް އަލިފާނުގެ ހާދިސާ އާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox