ބޭރު ގައުމުތަކަށް ދަތުރު ކޮށްލުމަކީ އައު ތަޖުރިބާތަކާއި، މަޖާ ކަންތައްތަކާއި، އަދި އުމުރަށް ހަނދާންވާނެ ހަނދާންތަކެއް ރައްކާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ނަމަވެސް ކުރިއަށް އޮތް ދަތުރަށް ރޭވުންތެރިވުމުގެ އުފާވެރިކަމުގެ ތެރޭގައި، ހުވަފެނީ ދަތުރުގައި ދިމާވެދާނެ ކުއްލި ހާދިސާތަކުން ރައްކާތެރިވާނެ ގޮތަކާމެދު ވިސްނާލަން ޖެހެ އެވެ.
ޓްރެވަލް ތަކާފުލްއަކީ ދަތުރުގެ ރައްކާތެރިކަމުގެ ވިއުގައެވެ. އެއީ ދަތުރު ވީހާވެސް ހިންހަމަޖެހުމާއި އެކު ނިންމާލުމުގެ ހަގީގީ ސިއްރެވެ. ޓްރެވަލް ތަކާފުލްއެއް ގަތުމަކީ ހަމައެކަނި ރަނގަޅު ހިޔާލެއް ނޫންކަމާއި، އެއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ގަބޫލު ކުރަން ޖެހެ އެވެ.
ކުއްލިއަކަށް ދިމާވާ ކަންތައްތަކުން ރައްކާތެރިވުން
ގިނަ ދުވަހު އިންތިޒާރުކުރި ޗުއްޓީއަށް ދާން ކައިރިވީ ވަގުތު ބަލިވެއްޖެ ކަމަށް ނުވަތަ ފުލައިޓަށް އެރުވި ދަބަސް ގެއްލިއްޖެ ހާލަތްތަކުން ދަތުރުގެ ރޭވުންތަކަށް ހުރަސްއެޅި، އިތުރު ފައިސާ މިކަމަށް ހޭދަވެގެން ހިނގައިދާނެ އެވެ.
ޓްރެވަލް ތަކާފުލްއިން މެޑިކަލް އިމަޖެންސީތަކާއި، ދަތުރު ކެންސަލްވުމާއި، ފުލައިޓަށް އެރުވި ދަބަސް ގެއްލުމާއި، އަދި ފްލައިޓް ލަސްވުން ފަދަ ކަންތައްތަކުގައި މާލީ ބަދަލު ލިބޭނެކަމުގެ ހިތްހަމަޖެހުން ލިބެ އެވެ.
އެންމެ ބޭނުންވާ ވަގުތު އެމަޖެންސީ މެޑިކަލް ހިދުމަތް ލިބުން
ބޭރު ގައުމުތަކުގައި، ޚާއްޞަކޮށް މެޑިކަލް ޚަރަދުތައް ބޮޑު ޤައުމުތަކުގައި، ޞިއްޙީ ޚިދުމަތުގެ އަގުތައް އުޑަށް އަރައިގެން ހިނގައިދާނެއެވެ. ޓްރެވަލް ތަކާފުލްއިން އެމަޖެންސީ ހާލަތުގައި ހިނގާ މެޑިކަލް ބިލްތަކުގެ ބުރައިން ސަލާމަތްވެވޭނެކަން ކަށަވަރުކޮށްދެއެވެ.

ދަތުރު މެދުކެނޑުމަށް ބަދަލު ދިނުން
މޫސުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ހަޅުތާލުތަކާއި، ނުވަތަ ކުއްލިއަކަށް ކެންސަލްވުމުގެ ސަބަބުން ދަތުރުފަތުރުގެ ޕްލޭންތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.
ޓްރެވަލް ތަކާފުލްއާއެކު، އަނބުރާ ނުލިބޭނެ ހަރަދުތަކަށް ބަދަލު ލިބި، ކުއްލިއަކަށް ދިމާވާ މެދުކެނޑުންތަކުގެ ސަބަބުން ކުރިމަތިވާ މާލީ ޕްރެޝަރުން ސަލާމަތްވެވިދާނެ އެވެ.
ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނެއްގައިވެސް އެހީތެރިކަން
އަމާނަ ތަކާފުލް އިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލް ޕްލޭންގައި 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިންތައް ހިމެނެ އެވެ.
އެހެންކަމުން އެންމެ ބޭނުންވާ އެމަޖެންސީ ހާލަތްތަކުގައި އެންމެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
ލިބެންހުރި އެންމެ އަގުހެޔޮ ޕެކޭޖް
ގިނަ މީހުން ގަބޫލުކުރާ ގޮތާ ހިލާފަށް، އަމާނަ ތަކާފުލް އިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލް ޕެކޭޖަކީ އަގުބޮޑު އެއްޗެއް ނޫނެވެ.
ދަތުރުގެ ޖުމްލަ އަގުގެ ގައިގަނޑަކަށް 0.5 ޕަސެންޓަށްވުރެ ވެސް ކުޑަ ހަރަދެއްކޮށްގެން، ފުރިހަމަ ރައްކާތެރިކަން ހޯދައި، ކުރިމަތިވެދާނެ މައްސަލަތަކާމެދު ކަންބޮޑުވުމުގެ ބަދަލުގައި ހަނދާންތައް އުފެއްދުމަށް އިސްކަން ދެވިދާނެ އެވެ.
ރިސްކު ނެގުމަށްވުރެ ރައްކާތެރިވެ ތިބުމަކީ އެންމެ ބުއްދިވެރިގޮތް
ކިތަންމެ ރަނގަޅަށް ޕްލޭން ކުރިޔަސް، މުސްތަގުބަލުގައި ވާނެގޮތެއް ނޭންގެ އެވެ. ޓްރެވަލް ތަކާފުލް އަކީ އިތުބާރުހުރި އެކުވެރިއެކެވެ. އެއީ ކުއްލިއަކަށް ދިމާވާ ކަންކަމާ ކުރިމަތިލުމުގައި އިތުބާރާއި ފަސޭހަކަމާއެކު އެހީތެރިވެދޭނެ އެއްޗެކެވެ.
ކުރިޔަށް މިއޮތް ޗުއްޓީ ދަތުރުގައި ޓްރެވަލް ތަކާފުލްއެއް ނަގާލައިގެން ދަތުރު ކޮށް ރައްކާތެރިވެ ތިބުން ބުއްދިވެރި އެވެ.












