ޓެކްސީތައް ޓޯކޮށް ޑްރައިވަރުން ހައްޔަރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި

ރޭ މަގުބަންދުކުރި ޓެކްސީއެއް ފުލުހުން ޓޯކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: އަދަދު

ރޭ މަގުބަންދުކުރި ޓެކްސީއެއް ފުލުހުން ޓޯކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: އަދަދު

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކުރި ޓެކްސީ ޑްރައިވަރުން ތެރެއިން ތިން މީހަކު ހައްޔަރުކޮށް، 21 ޓެކްސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކަކު މިއަދު ދޫކޮށްލައި އަނެއް ދެ މީހުންގެ ބަންދަށް ހުޅުމާލޭ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

މި ޑްރައިވަރުންނަކީ ރޭވިގެން މުޒާހަރާކޮށްފައިވާ ބަޔަކަށްވާތީ، އެމީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

"އެއްވެ އުޅުމާއި ސުލްހަވެރި އިޖުތިޖާޖުކުރުމާއި، ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. ސަރުކާރުން އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ވަދެ، ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުގެ ވިޔަފާރި ހުއްޓިގެންދާނޭ ގޮތަށް ރާވާފައިވާ ރޭވުން ތަންފީޒުވެއްޖެނަމަ ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ހުއްޓިގެން ހިނގައިދާނޭތީ ޓެކްސީ ޑްރައިވަރުން ގެންދިޔައީ އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލުމަށް ސުލްހަވެރި އެއްވުމެއް ބާއްވައި އިހުތިޖާޖުކުރަމުންނެވެ،" އެމްޑީޕީން ބުންޏެވެ.

ރޭ ޓޯކުރި ޓެކްސީތައް ހިފަހައްޓާފައިވަނީ 30 ދުވަހަށް ކަމަށް އެމްޑީޕީން ބުނެ އެވެ.

ޓެކްސީ ޑްރައިވަރުންނަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީއަށް ބަރޯސާވެގެން ދިރިއުޅޭ ބައެއް ކަމަށްވާއިރު، 21 ޓެކްސީއެއް 30 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަކީ 21 އާއިލާގެ އާމްދަނީ ހުއްޓުވައިލުން ކަމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނާ ގޮތުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވައިގެން 30 ދުވަހަށް އުޅަނދު ހިފެހެއްޓުމަކީ އެމާއްދާގައި ބުނެފައިވާ އަދަބު ތަކުގެ އިތުރުން ފުލުހުންނަށް އޮންނަ އިހުތިޔާރީ ކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެހެންވެ، އެ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ފުރަތަމަ ފަހަރު ނަމަ 2000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

"ލުއި އަދަބެއް ކަނޑައެޅިފައި އޮއްވައި، އެންމެ ހަރުކަށި އަދަބު އިހުތިޔާރުކޮށްފައިވަނީ ޓެކްސީ ޑްރައިވަރުން ކުރަމުންދާ ސުލްހަވެރި އިހުތިޖާޖު ހުއްޓުވާލައި، އެ އާއިލާތަކަށް ގެއްލުން ދިނުމުގެ ނިޔަތުގައިކަމަށް ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އިހުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމާއި، މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އާމްދަނީ ހޯދުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ހިފެހެއްޓުމަކީ، މި މާއްދާގެ ދަށުން ލިބިދޭ އަސާސީ ހައްގަކަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ވެސް އެމްޑީޕީން ދެކެ އެވެ.

ހައްޔަރު ކުރި ޓެކްސީ ޑްރައިވަރުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމާއި، ޓެކްސީ ޑްރައިވަރުންގެ އުޅަނދުތައް އަނބުރާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތް ވެސް އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަމުންގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox