އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އައްޔަން ކުރަން ދެ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އީސީން ދެ ގޮނޑި ހޮސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އަދި މެންބަރުކަމުގައި ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކިކުރަން ނޮވެމްބަރު 25 ގައި މަޖިލީހުން ފާސްކުރުމުންނެވެ.
އީސީގެ މެންބަރު ކަމަށް އަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވީ
އީސީގެ މެންބަރުތެރެއިން ރައީސް މުއިއްޒު ފޮނުވީ އެޗްއާރުސީއެމްގެ ނައިބު ރައީސްކަން ކުރިން ކުރެއްވި މުހައްމަދު ޒާހިދު އަދި ކ. ހުރާ، ރޯޒް، އަބްދުއްރަހްމާން ސޮލާހު ރަޝީދުގެ ނަމެވެ.
މި ދެ ނަން ދިރާސާކުރާނީ މަޖިލީހުގެ މިނިވަން މުއަައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.














